ދިވެހިރާއްޖެ
މަޤާމް: ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް އޮފިސަރ
ބޭނުންވާ ޢަދަދު: 01 (އެކެއް)
މުސާރަ: -/25,000 ރުފިޔާ
މުއްދަތު: 1 (އެކެއް) އަހަރު
މަސައްކަތް ކުރަންޖެހޭ ތަން:ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް / މާލެ
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ދާއިރާތަކުގެ އޮނިގަނޑެއް ތައްޔާރުކޮށް އޮނިގަނޑާގުޅޭ ގޮތުން އެކުލަވާލާ އުޞޫލުތަކާގުޅޭ ޓެކްނިކަލް ލަފާދިނުމާއި، އެކަމާގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގތައް ދެނެގަނެ، އަމާޒު ހިފޭ ކަންކަމަށް ވާސިލުވުމަށްޓަކައި މިރޮނގުން ކުރަންޖެހޭ ކަންކަން ދެނެގަނެ މުވައްޒަފުންނަށް ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްލޭނެއް ފަރުމާކުރުން
- ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ހުރިހާ ދާއިރާއެއްގެ ޓްރެއިނިންގ ނީޑް އެނަލިސިސްއެއް ތައްޔާރުކުރުން .
- މިއޮފީހުގެ ޑިޕާޓްމަންޓް، ސެކްޝަން އަދި ޔުނިޓުތަކަށް ބޭނުންވާ ޓްރޭނިންގ ރިކުއަރމަންޓް ތައްޔާރުކުރުމާއި އެ ރިކުއަރމަންޓްއާ އެއްގޮތަށް މުވައްޒަފުންގެ ތަމްރީން ކުރުމުގެ ކަންތައްތައް ރާވާ ހިންގައި، ތަމްރީނު ކުރެވޭ މުވައްޒަފުންގެ އެންމެހައި މަޢުލޫމާތުތައް ބެލެހެއްޓޭކަން ކަށަވަރުކުރުން .
- ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ މުވައްޒަފުންނަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުންދެވޭ ތަމްރީންތަކުގެ ފީޑްބެކް ހޯދައި އެ ތަމްރީންތަކުން މިއޮފީހަށް ކުރާ ފައިދާ އަދި އިތުރަށް ހަރުދަނާ ކުރަން ކުރެވޭނެ މަސައްކަތް ދެނެ ގަތުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
ފެންވަރު ނުވަތަ ޝަރުޠު: ހިއުމަން ރިސޯސް މެނޭޖްމަންޓް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
ހިއުމަން ރިސޯސް/ހިއުމަން ރިސޯސް މެނޭޖްމަންޓް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން ރޮނގަކުން ދިވެހިރާއްޖޭގެ ޤަ އުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 16 އެޕްރީލް 2025 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.
ލިންކް: https://online.pgo.mv/applications/jobs
ނޯޓް:
1- މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
2- މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 20 އެޕްރީލް 2025 – 21 މެއި 2025 ވަނަ ދުވަހު މާލޭގައެވެ.
ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
1- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
2- މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
3- ވަނަވަރު
4- ދރއ. ކާޑުގެ ކޮޕީ
5- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން
11 ޝައްވާލް 1446