މަސައްކަތް
ނަންބަރު: GS-175/IL/2025/07
ޕަބްލިޝްކުރި ތާރީޚް: 09 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 17 އެޕްރީލް 2025 13:00
މާއެނބޫދޫ ސްކޫލް
ދިވެހިރާއްޖެ
މާއެނބޫދޫ ސްކޫލުގެ ގުދަން މަރާމާތު ކުރުމާއި އަދި ގުދަނަށް ބައެއް އިތުރު ކުރުން

މާއެނބޫދޫ ސްކޫލުގެ ގުދަން މަރާމާތު ކުރުމާއި އަދި ގުދަނަށް ބައެއް އިތުރު ކުރުން

 

  މިސްކޫލުން ދޭ މަޢްލޫމާތާއި އެއްގޮތަށް، މިސްކޫލުގެ ގުދަނަށް ބައެއް އިތުރު ކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ  ފަރާތެއް ހޯދަންބޭނުންވެއެވެ.  ވީމާ،  މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިސްކޫލުގައި ނަންނޯޓުކުރައްވައި،  ތިރީގައި މިދަންނަވާ ދުވަސްތަކަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ހުރިހައި މަޢްލޫމާތެއް ބިޑް ޑޮކިއުމަންޓްގައި ހިމެނިފައިވާނެއެވެ.

  •  މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2025 އޭޕްރީލް 09 ން 2025 އޭޕްރީލް 17 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް މިސްކޫލުގެ އިދާރާއަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް، މައުލޫމާތު ސާފުކުރާ ފަރާތުގެ ނަމާއި ކުންފުނި / ވިޔަފާރީގެ ނަން އަދި ގުޅޭނެ ފޯނުނަންބަރު މިސްކޫލުގެ އީމެއިލް އެޑްރެހަށް ފޮނުވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  •  މައުލޫމާތު ދިނުން އޮންނާނީ 2025 އޭޕްރީލް 17 ވަނަ ދުވަހުގެ 13:00 ގައި މާއެނބޫދޫ ސްކޫލްގެ އިދާރީ އޮފީހުގައެވެ.
  •  މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 އޭޕްރީލް 17 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީގަޑީގައި މާއެނބޫދޫ ސްކޫލުގެ އިދާރީ އޮފީހަށް ދުރުވެ ސާފުކުރުމަށް ދަންނަވަމެވެ.
  •  ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 އޭޕްރީލް 21 ވަނަ ދުވަހުގެ 13:00 ގައި މާއެނބޫދޫ ސްކޫލުގެ އިދާރީ އޮފީހުގައެވެ.
  •  މިމަސައްކަތާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާއެނބޫދޫ ސްކޫލް
ނައިބުތުއްތުމަގު
ދ. މާއެނބޫދޫ، ދިވެހިރާއްޖެ.
ފޯން:    7663625
އީ-މެއިލް: [email protected]

09 އެޕްރީލް 2025