ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ.
މިހޮސްޕިޓަލުގެ ބެލުމުގެ ދަށުން ހިންގާ ނ.މާފަރު ސިއްހީމަރުކަޒުގެ ގޯތިތެރޭގައި ގުދަނެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މާފަރުސިއްހީމަރުކަޒުގައި ބިޑްރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީކުރުން ކުރިއަށްދާނީ 09 އެޕްރީލް 2025 ންފެށިގެން 17 އެޕްރީލް 2025 ވަނަދުވަހުގެ 13.00 ގެކުރިން މިހޮސްޕިޓަލުގެ އީ މެއިލް އެޑްރެސް: [email protected] އަށް ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ޝީޓްފުރިހަމަކުރެއްވުމަށްފަހު އީ މެއިލްކޮށް ނުވަތަ މާފަރުސިއްހީމަރުކަޒަށް ވަޑައިގެން ރަޖިސްޓްރޭޝަން ފޯމް ހުށަހަޅުއްވައިގެންނެވެ.ރަޖިސްޓްރީ ކުރައްވާފައިނުވާ ފަރާތްތަކުންނާއި،އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. ދެވިފައިވާ މުއްދަތުގެތެރޭގައި ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މަސައްކަތުގެ ކުރެހުމާއި، އަދި ތަފްސީލް މެއިލް ކުރެވޭނެއެވެ.
މައުލޫމާތު ސާފުކޮށްދިނުން: 27 އެޕްރީލް 2025 ވަނަދުވަހުގެ 13.00 ގެކުރިން [email protected]އަށް އީ މެއިލް ކޮށްގެން ނުވަތަ ރަސްމީގަޑީގައި މާފަރުސިއްހީމަރުކަޒަށް ވަޑައިގަންނަވައިގެންނެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުން: 28 އެޕްރީލް 2025 ދުވަހުގެ 13.00 އަށް
ތަން: ނ.މާފަރު ސިއްހީމަރުކޒުގެ އިދާރީ އޮފީސް