ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)302-E/302/2025/21
ޕަބްލިޝްކުރި ތާރީޚް: 09 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 10:53
ސުންގަޑި: 14 އެޕްރީލް 2025 00:00
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ 30 ވަނަ އަހަރީ ދުވަހާއިގުޅޭ

ރަށުގެ 30 ވަނަ އަހަރީ ދުވަހާއި ގުޅިގެން ރަށުގެ ތާރީޚީ މަޢުލޫމާތުތައް އެއްކޮށް ރަށުގެ ތާރީޚް ފަހަށް ރައްކާކޮށް އާކައިވް ކުރުމަށް ކައުންސިލުންވަނީ ނިންމާފައެވެ. މިމަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ޢާންމުންގެ އަތުގައި ހުރި، މިރަށަށް މީހުން ބަދަލުވި ދުވަސްވަރުގެ ފޮޓޯތަކާއި ވީޑިއޯތައް އަދި އެކަމާއި ގުޅޭ އެހެނިހެން ލިޔެކިޔުމެއް ވާނަމަ އެމަޢުލޫމާތެއް އެއްކުރުމަށް ކައުންސިލުން ބޭނުންވެއެވެ. މިމަސައްކަތައް އެންމެހާ ބޭފުޅުންގެ އެހީތެރިކަމާއި އެއްބާރުލެއްވުން ނިހާޔަތަށް ބޭނުންވެއެވެ.

ވީމާ، ދެންނެވިފައިވާ ފަދަ މަޢުލޫމާތެއް އެއްވެސް ފަރާތެއްގެ އަތުގައި ހުރިނަމަ އެމަޢުލޫމާތު 2025 އޭޕްރިލް 14 ވާ ހޯމަ ދުވަހުގެ ކުރިން [email protected] އަށް މެއިލްކޮށް ދެއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

09 އެޕްރީލް 2025