ވަޒީފާގެ ފުރުޞަތު
ނަންބަރު: ASND-HCM-IUL-2025-12
ޕަބްލިޝްކުރި ތާރީޚް: 08 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 16:45
ސުންގަޑި: 15 އެޕްރީލް 2025 14:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ - އެކައުންޓްސް އެންޑް ފައިނޭންސް

އިޢުލާން ނަންބަރު: ASND-HCM-IUL-2025-12

މަޤާމް: އެސިސްޓެންޓް އޮފިސަރ

ވަޒީފާގެ ބާވަތް: ދާއިމީ

ސެކްޝަން: އެކައުންޓްސް އެންޑް ފައިނޭންސް

ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް / މާލެ

މަސައްކަތު ގަޑި: 8:00 އިން 16:00

 

މަޤާމުގެ ޝަރުތު:

  1. ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 04 މާއްދާއިން، އެކައުންޓިންގ ހިމެނޭގޮތައް، "ސީ" ފާސް ލިބިފައިވުން. ނުވަތަ،
  2. ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 03 މާއްދާއިން، އެކައުންޓިންގ ހިމެނޭގޮތައް، "ސީ" ފާސް ލިބިފައިވުން. ނުވަތަ،
  3. އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ފައިސާ ދައްކަންޖެހޭ ބިލްތަކަށް ފައިސާ ދެއްކުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. ޕޭމަންޓް ވައުޗަރތައް ތައްޔާރުކޮށް ޗެކްކުރުން.
  3. އެކައުންޓްސް ރިކޯޑުތައް ބެލެހެއްޓުމާއި ރިކޮންސިލިއޭޝަންގެ މަސައްކަތްކުރުން.
  4. ފައިސާއާއިބެހޭ ލިޔެކިޔުންތަކާއި ބިލްތައް ސްކޭންކޮށް ރައްކާތެރިކޮށް ފައިލްކުުރުން.
  5. ޚިދުމަތްދޭ ފަރާތްތަކުގެ ޝަކުވާތައް ބަލައިގަތުމާއި އަދި ސާފުކުރަން ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނުން.
  6. މީގެ އިތުރުން ޑިޕާޓްމަންޓްގެ އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

 

އެހެނިހެން ހުނަރު:

  1. މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
  2. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.

 

މުސާރައާއި އިނާޔަތް:

- -/11،200.00 ރުފިޔާ

- ޚާޒިރީ އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/50 ރުފިޔާ

- ހަމަޖެހިފައިވާ އުސޫލުން ހެލްތް އިންޝުއަރެންސް.

 

ކުރިމަތިލުމުގެ ސުންގަޑި: 15 އެޕްރީލް 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން.

 

މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުން އާސަންދަ ކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ތަކެތި: 

  1. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ. 
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 
  3. ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.) 
  4. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން) 

    

ޚާއްޞަ ސަމާލުކަމަށް: 

  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ އޮފީހަށް ލިބިގެންވެއެވެ.  
  • މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.  

 

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.  

08 އެޕްރީލް 2025