ވަޒީފާގެ ފުރުޞަތު
ނަންބަރު: ASND-HCM-IUL-2025-11
ޕަބްލިޝްކުރި ތާރީޚް: 08 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 16:38
ސުންގަޑި: 12 އެޕްރީލް 2025 14:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ - ކޭސް ޕްރޮސެސިންގް

އިޢުލާން ނަންބަރު: ASND-HCM-IUL-2025-11

މަޤާމް: އެސިސްޓެންޓް އޮފިސަރ

ވަޒީފާގެ ބާވަތް: ދާއިމީ

ސެކްޝަން/ޔުނިޓް: ކޭސް ޕްރޮސެސިންގް

ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ

މަސައްކަތު ގަޑި: ޝިފްޓް ޑިއުޓީ

 

މަޤާމުގެ ޝަރުތު:

  1. ޖީ.ސީ.އީ އޯލެވެލް ނުވަތަ އެސް.އެސް.ސީ އިމްތިޙާނުގެ 3 މާއްދާއިން "ސީ" ފާސް ލިބިފައިވުން. ނުވަތަ
  2. ޖީ.ސީ.އީ އޭލެވެލް ނުވަތަ އެޗް.އެސް.ސީ އިމްތިޙާނުގެ 2 މާއްދާއިން "އީ" ފާސް ލިބިފައިވުން، ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
  4. ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ ފަދަ ފަރާތަކަށްވުން. (ހެނދުނު، މެންދުރު، ހަވީރު، ރޭގަނޑު)

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އާސަންދަ، މެރާނާ، އަދި ވެލްފެއާ ސްކީމްތަކުގެ ދަށުން ރާއްޖެއިން ބޭރުގައި ފަރުވާ ހޯދަމުންދާ ބަލިމީހުންނަށް ކުރާ ހުރިހާ އިދާރީ މަސައްކަތްތައް ބެލެހެއްޓުމާއި ޕްރޮސެސްކުރުން.
  2. އާސަންދަ އަދި ވެލްފެއާ ސްކީމްތަކުގެ ދަށުން މެޑިކަލް އިވެކުއޭޝަން އަދި މެޑިކަލް ޓްރާންސްފާއާ ގުޅޭ ހުރިހާ އިދާރީ މަސައްކަތްތަކެއް ބެލެހެއްޓުން.
  3. ވެލްފެއާ ސްކީމްގެ ދަށުން ފަރުވާ ލިބިފައިވާ ހުރިހާ ލޯކަލް ކޭސްތަކުގެ އިދާރީ ހުރިހާ މަސައްކަތެއް ބެލެހެއްޓުމާއި ޕްރޮސެސްކުރުން.
  4. ވެލްފެއާ(ވިރަ) ކޭސްތަކުގައި ފަރުވާ ހޯދަމުންދާ ބަލިމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން (އެން.އެސް.ޕީ.އޭ އިން ކަވަރުކުރާ ކޭސްތަކަށް މެޑިކަލް، ޓިކެޓް، އަދި އެސިސްޓިވް ޑިވައިސް ހިމެނޭގޮތަށް).
  5. އޯވަސީސް ރެފަރަލްސް، އިމަޖެންސީ އިވެކުއޭޝަންސް، އެންސްޕާ ރިކުއެސްޓްސް އަދި ކަސްޓަމަރުންނާ ގުޅުންހުރި އެހެނިހެން އިންކުއަރީތަކުގެ މުއާމަލާތްކޮށް ބެލެހެއްޓުން.
  6. ސުޕަވައިޒަރުންގެ ޑިއުޓީ މޯބައިލް އަދި އިމަޖެންސީ އިވެކުއޭޝަން މޯބައިލް މެނޭޖްކުރުން، ކޭޝްލެސް، ޓިކެޓިންގ، އަދި އެންއާރ އީމެއިލްތައް މެނޭޖްކުރުން.
  7. އެމްޕެނަލްޑް ސާވިސް ޕްރޮވައިޑަރުންގެ މެރާނާ ކޭޝްލެސް ހޮސްޕިޓަލައިޒޭޝަން ސާވިސަސް ޕްރޮސެސްކުރުން.

  

އެހެނިހެން ހުނަރު:

  1. މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
  2. ދިވެހި ބަހުން ޓައިޕް ކުރަން އެނގުން.
  3. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
  4. ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.

 

މުސާރައާއި އިނާޔަތް:

- -/12،300.00 ރުފިޔާ

- ޚާޒިރީ އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

- ހަމަޖެހިފައިވާ އުސޫލުން ހެލްތް އިންޝުއަރެންސް.

 

ކުރިމަތިލުމުގެ ސުންގަޑި: 12 އެޕްރީލް 2025 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން.

 

މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުން އާސަންދަ ކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ތަކެތި: 

  1. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ. 
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 
  3. ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.) 
  4. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން) 

    

ޚާއްޞަ ސަމާލުކަމަށް: 

  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ އޮފީހަށް ލިބިގެންވެއެވެ.  
  • މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.  

 

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.  

08 އެޕްރީލް 2025