ދިވެހިރާއްޖެ
މިރަށުގައި އަލަށް ހެދުމަށް ހަމަޖެހިފައިވާ ކުނިގޮނޑުގެ ބިމާއި މަގުތަކަށް އަރާ ރުއްގަސްތައް، ރަތް ކުލައިން ރަސްގެ ފާހަގަ ޖަހާފައި ހުންނާނެއެވެ. އެހެންކަމުން ދެންނެވުނު ސަރަޙައްދުގައި ހުރި ރުއްގަސް ތަކުގެ ވެރިފަރާތުން 2025 އޭޕްރީލް 17 ވަނަ ދުވަހުގެ 13:30ގެ ކުރިން އެ ރުއްގަސްތަކުގެ ބަދަލުކަންތައް މިކައުންސިލަށް ވަޑައިގެން ހަމަޖެއްސުމަށް ދަންނަވަމެވެ. މި މުއްދަތުގައި ބަދަލުގެ ކަންތައް ހަމަނުޖައްސާ ހުރި ރުއްގަސް ތަކަކީ ރ.މ ތަކެތި ކަމުގައި ބަލައި، ކަނޑައެޅިފައިވާ އުސޫލުން އެތަކެތި ނައްތާލެވޭނެ ވާހަކަ ރައްޔިތުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ. މިސަރަޙައްދުގައި ހުރި ރުއްގަސްތަކުގެ ތެރެއިން މިކައުންސިލްގައި ރަޖިސްޓްރީކޮށްފައިވާ ރުއްގަހަށް ސަރުކާރުން ހަމަޖައްސަވާފައިވާ އަގުން ވެރިފަރާތާއި ފައިސާ ޙަވާލުކުރެވޭނެއެވެ. ނަމަވެސް މިކައުންސިލުގައި ރަޖިސްޓްރީ ނުކުރާ އެއްވެސް ރުއްގަހަކަށް، ބަދަލު ދެވެން ނޯންނާނެ ވާހަކަ ވެސް ދަންނަވަމެވެ.
ވީމާ،މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
09 ޝައްވާލު 1446
08 އޭޕްރީލް 2025