މަސައްކަތް
ނަންބަރު: (IUL)202-A/1/2015/97
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 13:38
ސުންގަޑި: 20 އޮގަސްޓް 2015 11:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ވެބްސައިޓަށް އިތުރު ބަދަލުތަކެއް ގެނައުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިއޮތޯރިޓީން ދޭ މަޢުލޫމާތާ އެއްގޮތަށް މިއޮތޯރިޓީގެ ވެބްސައިޓަށް އިތުރު ބަދަލުތަކެއް ގެނައުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 20 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 އޮގަސްޓު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ޤަބޫލުނުކުރެވޭނެ ކަމުގައި ދެންނެވީމެވެ.

27 ޝައްވާލް 1436     

12 އޮގަސްޓް 2015