ނީލަން
                	
                ނަންބަރު: (IUL)264/PRIV/2025/32
                    ޕަބްލިޝްކުރި ތާރީޚް: 08 އެޕްރީލް 2025
                    ޕަބްލިޝްކުރި ގަޑި:  14:01
                                            ސުންގަޑި: 
                            14 އެޕްރީލް 2025 10:00
                        
                    
                ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ސިޓީލާ ނީލަމުގައި ލަކުޑި ވިއްކުން
                                ދުންނިކަމާގޭގެ އިރުން އޮންނަ ހުސްބިމުގައި :
- 1 ން 3 ކަށް ނަންބަރު ޖަހާފައިވާ ރުއްބުރިތައް.
 - 4 ން 6 ކަށް ނަންބަރު ޖަހާފައިވާ ކަނދު ބުރިތައް
 
ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއްޖެއެވެ.
މި ކަނދުބުރިތަކާއި ރުއްބުރިތައް ގަންނަން ބޭނުންވާ ފަރާތްތަކުން 2025 އެޕްރީލް 14 ވާ ހޯމަ ދުވަހުގެ 10:00 އަށް އަގު އެނގޭނެގޮތަށް ސިޓީއެއް ހިފައިގެން ވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ. ސިޓީ އުރައިގެ ބޭރުގައި "ހުށަހަޅާ ފަރާތުގެ ނަން" އަދި "ސިޓީލާ ނީލަމުގައި ކަނދުބުރި އަދި ރުއްބުރި ގަތުމަށް އެދި" މިފަދައިން ލިޔެފައި އޮންނަންވާނެއެވެ. އަގު ހުށަހަޅަން ވަޑައިގަންނަވާއިރު ހުށަހަޅާ ފަރާތުގެ އައިޑީކާޑު ކޮޕީއެއް ގެންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ޙުސައިން (ފޯނު ނަންބަރު: 7552515) އަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.
                08 އެޕްރީލް 2025