ބީލަން
ނަންބަރު: (IUL)360/360/2025/19
ޕަބްލިޝްކުރި ތާރީޚް: 08 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 17 އެޕްރީލް 2025 13:00
ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސް ކައްކާ ހިއްކުމާއި ރިހާކުރު ކެއްކުމާއި މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިކުރުމަށް ބިންދޫކުރުން

   ވ.ކެޔޮދޫ ގައި މަސްކައްކައި ހިއްކުމާއި ރިހާކުރު ކެއްކުމާއި މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުން ބިން ދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

 

          ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލްގެ އިދާރާ މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

 

 

ތާރީޚް

ގަޑި

ތަން

 ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުން (ބީލަން ހުށަހެޅުމަށް ނަންނޯޓް ކުރުން)

08 އެޕްރީލް 2025 އިން 12 އެޕްރީލް 2025 އަށް

ކައުންސިލަށް ދުރުވެ ނަން ނޯޓްކުރާނަމަ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00

ރަޖިސްޓަރ ވުމަށް ދުރުވާނެ ތަން:

ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލް އިދާރާ  (އިޢުލާންގައިވާ މެއިލް މެދުވެރިކޮށް އޮންލައިކޮށްވެސް ރަޖިސްޓަރ ކުރެވިދާނެ)

[email protected]

ބީލަން ހުށަހެޅުން

17 އެޕްރީލް 2025

13:00

ވ.ކެޔޮދޫ ކައުންސިލްގެ އިދާރާ، ވ.ކެޔޮދޫ، ދިވެހިރާއްޖެ

ބީލަން ހުޅުވުން

17 އެޕްރީލް 2025

13:00

ވ.ކެޔޮދޫ ކައުންސިލްގެ އިދާރާ، ވ.ކެޔޮދޫ، ދިވެހިރާއްޖެ

 

 

 

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުމަށް ހުށަހަޅަފަރާތުގެ ނަން، ރަޖިސްޓްރީ ނަމްބަރު، ފޯނު ނަމްބަރު، އީމެއިލް އެޑްރެސް އަދި އިއުލާން ނަމްބަރު މިކައުންސިލަށް ހިއްސާ ކުރަންވާނެއެވެ. ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓްރީކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކޮށްފައިނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަދި ބީލަމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމަށް ދެވިފައިވާ ގަޑީގެ ފަހުން އެދިވަޑައިގަންނަވާ އެއްވެސް ފަރާތަކަށް ބީލަމުގައި ބައިވެރިވެލެއްވުމަށް ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

ބީލަން ހުށަހެޅުމަށް ހަމަޖައްސާފައިވާ ތާރީޚު އެއްވެސް ސަބަބަކާއި ހުރެ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިނަމަ ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ޖެހިގެން އަންނަ ފުރަތަމަ ރަސްމީ ދުވަހުގެ މެންދުރުފަހު 13:00 ގައެވެ. ބީލަންތައް ކެނޑުން އޮންނާނީ އެ ދުވަހުގެ 13:00 ގައެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާ ބީލަންތައް އަދި އޮންލައިންކޮށް ސޯޝަލް މީޑިޔާގެ އެކި މަންސަތަށް ބޭނުންކޮށްގެން ހުށަހަޅާ ބީލަންތައް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

ނޯޓް: ބީލަން ހުޅުވާލެވިފައިވަނީ ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

 

އިތުރު މަޢުލޫމާތު: 

ވ.ކެޔޮދޫ ކައުންސިލްގެ އިދާރާ، ވ.ކެޔޮދޫ، ދިވެހިރާއްޖެ

ފޯން: 6700601

އީމެއިލް: [email protected] 

08 އެޕްރީލް 2025