ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)196-HR/1/2025/25
ޕަބްލިޝްކުރި ތާރީޚް: 08 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި: 15 އެޕްރީލް 2025 12:00
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މީޑިއާ އޮފިސަރ

މަޤާމް:      މީޑިއާ އޮފިސަރ

ބޭނުންވާ ޢަދަދު:   01 (އެކެއް)

މުސާރަ:       -/15,000 ރުފިޔާ އާއި -/17,000 ރުފިޔާއާ ދެމެދު.

މުއްދަތު:       1 (އެކެއް) އަހަރު ދުވަސް. (މަސައްކަތުގެ ފެންވަރަށް ބަލައި ވަޒަންކުރުމަށްފަހު ވަޒީފާގެ މުއްދަތު އިތުރުކޮށްދެވޭނެއެވެ.)

މަސައްކަތް ކުރަންޖެހޭ ތަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް / މާލެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 

  • އޮފީހުން ރާވާ ހިންގާ ޕްރޮގްރާމްތަކުގެ މަޢުލޫމާތުތާއި، އޮފީހުން މީޑިއާއާ ޙިއްޞާކުރުމަށް ބޭނުންވާ މަޢުލޫމާތު މި އޮފީހުގެ މިންގަނޑުތަކަށް ފެތޭ ގޮތަށް ލިޔެ، އެ މަޢުލޫމާތު މީޑިއާއާ ޙިއްޞާކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  • ޕްރޮސިކިއުޓަރ ޖެނެރަލް އަންގާ ޙާލަތްތަކުގައި މި އޮފީހުގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ދިނުމާއި، މީޑިއާ އިންޓަރވިއުތަކުގައި ބައިވެރިވުން.
  • އޮފީހުން ބާއްވާ އިވެންޓްތަކުގެ މަޢުލޫމާތު ދުވަހުން ދުވަހަށް މީޑިއާއާ ޙިއްޞާކުރުން.
  • ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ފަރާތެއްގެ އިރުޝާދާއެކު މި އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ މަޢުލޫމާތު މީޑިއާއާ ޙިއްޞާކުރުން.
  • އޮފީހުން ބާއްވާ އިވެންޓުތަކާއި، އޮފީހުގެ އެހެނިހެން ހަރަކާތްތަކާއި، މީޓިންގތަކާއި، ޕްރޮސިކިއުޓަރ ޖެނެރަލް ބައިވެރިވާ ބައްދަލުވުންތަކުގެ ވިޝުއަލް ކޮންޓެންޓު (ފޮޓޯ، ވީޑިއޯ) ތައްޔާރުކޮށް، އެޑިޓްކޮށް، ޝާއިޢުކޮށް، އާރކައިވްކުރުން.
  • މި އޮފީހުން ބާއްވާ އިވެންޓްތަކުގެ ޚަބަރު ލިޔެ ޕޯސްޓުކުރުމާއި، ވެބްސައިޓާއި، ސޯޝަލް މީޑިއާ އެކައުންޓުތައް ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން.
  • މި އޮފީހުގެ ސޯޝަލް މީޑިއާ (ޔޫޓިއުބް، ފޭސްބުކް، އެކްސް، ޓިކްޓޮކް، އިންސްޓަރގްރާމް) އަދި ވެބްސައިޓްއަށް ބޭނުންވާ ފޮޓޯ އަދި ވީޑިއޯ ގްރެފިކްސް ކޮންޓެންޓު ތައްޔާރުކުރުމާއި، މި ކަންކަމުގައި ލަފާދިނުން.
  • މި އޮފީހުން ނެރޭ ނޫސްބަޔާންތައް ޑްރާފްޓު ކުރުން.
  • މި އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ އިންތިޒާމު ހަމަޖެއްސުމާއި، މީޑިއާއަށް ދަޢުވަތު ދިނުމާއި، އަދި މީޑިއާތަކަށް މަޢުލޫމާތު ދިނުމަށްޓަކައި ބޭނުންވާނެ ތަފާތު އެކި ވަސީލަތްތަކާއި، މަޢުލޫމާތު އެއްކޮށް، ފޯރުކޮށްދިނުން.
  • މި އޮފީހުން މީޑިއަށް ދޭން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގައި އަދި މީޑިއާއިން މި އޮފީހުން ހޯދަން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ފެސިލިޓޭޓްކޮށްދިނުން.
  • މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާގެ ތެރެއިން ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ފަރާތެއް ޙަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:  ދިވެހި އަދި އިނގިރޭސި ބަހުން ލިޔުންތެރިކަމާއި، ވާހަކަދެއްކުންތެރިކަމުގެ ހުނަރު ހުރުމާއެކު، މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް) ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޤާނޫނީ ދާއިރާއިން ނުވަތަ ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރަމުންދާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 15 އެޕްރީލް 2025 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

ލިންކް: https://online.pgo.mv/applications/jobs

ނޯޓް:

1- މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

2- މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 17 އެޕްރީލް 2025 – 18 މެއި 2025 ވަނަ ދުވަހު މާލޭގައެވެ. 

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

2- މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

3- ވަނަވަރު

4- ދރއ. ކާޑުގެ ކޮޕީ

5- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

10 ޝައްވާލް 1446

08 އެޕްރީލް 2025