ދެންނެވުން
ނަންބަރު: (IUL)384/384/2025/21
ޕަބްލިޝްކުރި ތާރީޚް: 08 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 11:17
ސުންގަޑި: 15 އެޕްރީލް 2025 14:00
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ޕޮއިންޓް ދިނުމުގައި ޢަމަލްކުރާނެ ގޮތުގެ ޢުޞޫލް އެކުލަވައިލުން

ބިމާބެހޭ ޤާނޫނު (ޤާނޫން ނަންބަރ 2002/01) ގެ 12 ވަނަ މާއްދާއާއި، އެޤާނޫނުގެ ދަށުން ހެދިފައިވާ "ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ ޤަވާއިދު" ގައިވާ ގޮތުގެ މަތިން، ދިރިއުޅުމަށްޓަކައި މިރަށުން 2000 (ދެހާސް) އަކަފޫޓްގެ 50 (ފަންސާސް) ގޯތި ދޫކުރުމަށް މި ކައުންސިލު ވަނީ ނިންމާފައެވެ. އަދި ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ޕޮއިންޓް ދިނުމުގައި ޢަމަލްކުރާނެ ގޮތުގެ އައު ޢުޞޫލެއް އެކުލަވައިލުމަށާއި، މި ޢުޞޫލު އެކުލަވައިލުމަށް ކައުންސިލަށް ލަފާދޭނެ ކޮމިޓީއެއް ނެގުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

މި ކޮމިޓީގައި ކައުންސިލަރުންނާއި ކައުންސިލްއިދާރާގެ އިދާރީ މުވައްޒަފުން ، ރަށުގެ މުއްސަސާތައް އަދި އާމުންގެ ތެރެއިން މީހުން ހިމަނައިގެން ޖުމްލަ 9  މީހުން ކޮމިޓީގައި ހިމެނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

ވީމާ، ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ޕޮއިންޓް ދިނުމުގައި ޢަމަލްކުރާނެ ގޮތުގެ އައު ޢުޞޫލު ތައްޔާރުކުރުމުގައި ކައުންސިލަށް ލަފާދޭ ކޮމިޓީގައި ހިމެނެން ޝައުގުވެރިވާ ފަރާތްތަކުން 15 އޭޕްރިލް 2025 ގެ ކުރިން މިއިދާރާއަށް ސިޓީ އިން އެކަން އަންގަވައިދެއްވުން އެދެމެވެ.

08 އެޕްރީލް 2025