ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)249-M/249/2025/33
ޕަބްލިޝްކުރި ތާރީޚް: 07 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 13:40
ސުންގަޑި: 14 އެޕްރީލް 2025 00:00
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ އަޟުޙާ ޢީދު ފާހަގަކުރުމަށް ޝައުޤުވެރިވާ ޖަމްޢިއްޔާތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލުން

1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ޝައުޤުވެރިވާ ޖަމްއިއްޔާތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

 

07 އޭޕްރީލް 2025 އިން 14 އޭޕްރީލް 2025 އަށް އީމެއިލް [email protected]  އިން  ރިކުއެސްޓް ހުށަހަޅައިގެން

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

15 އޭޕްރީލް 2025 ވާ އަންގާރަ ދުވަހުގެ 13:00 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

ޕްރޮޕޯސަލް ހުށަހެޅުމަށް ބާއްވާ ބައްދަލުވުން

30 އޭޕްރިލް 2025 ވާ ބުދަ ދުވަހުގެ 13:00 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

 

1-      މި ޕްރޮޕޯސަލް ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކަށް އެކަނިއެވެ.

2-      ޕްރޮޕޯސަލް ހުށަހެޅުމުގައި ބައިވެރިވެވޭނީ ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތުގައި ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ. ޕްރޮޕޯސަލް އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

3-      އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

        ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ / މިސްކިތް މަގު، ހއ.ކެލާ ، ދިވެހިރާއްޖެ އީމެއިލް: [email protected]

 

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

07 އެޕްރީލް 2025