ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)491/491/2025/21
ޕަބްލިޝްކުރި ތާރީޚް: 07 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 13:34
ސުންގަޑި: 24 އެޕްރީލް 2025 00:00
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޢިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާވިފައިވާ ގަވާއިދުތަކަށް އަހުލުވެރިކުރުމާ ގުޅޭ

ޢިމާރާތްކުރުމުގެ ޤާނޫނު: (4/2017) ގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކަށް އާންމުންނާއި ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް އަހުލުވެރިކުރުމުގެ ގޮތުން އޮންލައިން ޕްރޮގްރާމްތަކެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މި ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިހިނގަމުންދާ އަހަރުގެ 2 ބަޔަކަށް ބަހާލައިގެންނެވެ.

މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ މިސެޝަންތަކުގެ މައިގަނޑު މަޤްސަދަކީ ޢިމާރާތްކުރުމުގެ ޤާނޫނާއި، މިޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކަށް އާންމުންނާއި ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އަހުލުވެރިކުރުމެވެ. މި ސެޝަންތަކުގައި އިމާރާތްކުރުމުގެ މަސައްކަތާއި ގުޅުންހުރި ހުއްދަތައް ދިނުމާއި، ކުރެހުން ފާސްކުރުމާއި އަދި ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު އަމަލުކުރަން އޮންނަ ގޮތުގެ މަޢުލޫމާތުތައް ފޯރުކޮށްދެވޭނެއެވެ.

އެހެންކަމުން، މި އަހަރުގެ ފުރަތަމަ ބައިގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ވާހަކަ ދަންނަވަމެވެ. އަދި މި ޕްރޮގްރާމުގެ ސެޝަންތައް ބޭއްވުމަށް ހަމަޖެހިފައިވާ  ދުވަސްތަކުގެ ތާވަލެއް މި ޢިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެންނެވުމަށް ބޭނުންވާ ފަރާތްތައް 2025  އޭޕްރިލް 17 ވަނަ ދުވަހުގެ ކުރިން ތިރީގައިވާ ގޫގުލް ފޯމް ލިންކުން ރެޖިސްޓްރޭޝަން ފުރިހަމަކުރެއްވުމަށް އެދި ދެންނެވީމެވެ. އިތުރު މަޢުލޫމާތެއް ބޭނުންވެލަށްވާނަމަ 7970415 ފޯނު ނަންބަރާއި ގުޅުއްވުމަށް ނުވަތަ [email protected]  އަށް އީ-މެއިލްކުރެއްވުންއެދެމެވެ.

ގޫގުލް ފޯމް ލިންކް: https://forms.gle/42hspfraoshbkA3bA

07 އެޕްރީލް 2025