ދިވެހިރާއްޖެ
އިޢުލާން
ސެޓްފިކެޓް 4 އިން ފައުންޑޭޝަން ސްޓަޑީޒް (ސައިންސް) ކޯސް ހިންގުން
މިކައުންސިލުން އެކުލަވާލައި ޢަމަކުރަމުން ގެންދާ އަތޮޅު ތަރައްޤީގެ 5 އަހަރުދުވަހުގެ ޕްލޭންގައި ހިމެނިފައިވާ ޞިއްޙީ ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތުގެ ދަށުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި މިކައުންސިލު ގުޅިގެން "ސެޓްފިކެޓް 4 އިން ފައުންޑޭޝަން ސްޓަޑީޒް (ސައިންސް)" ކޯހެއް މިއަތޮޅުގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިކޯހުގައި ބައިވެރިވެ ކިޔެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 އޭޕްރީލް 24 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ތިރީގައި އެވާ ލިންކު މެދުވެރިކޮށް ފޯމް ފުރިހަމަކޮށް ހުށަހެޅުއްވުން އެދެމެވެ. ކޯހާއި ބެހޭ އިތުރު މަޢުލޫމާތު މިއިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
https://rb.gy/7t8b2o
08 ޝައްވާލް 1446
07 އޭޕްރީލް 2025