ދިވެހިރާއްޖެ
ޕްރެޒިޑެންޝަލް ގާޑްސްގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރުމަށްޓަކައި، މިދަންނަވާ މަގާމުތަކަށް މުވައްޒަފުން ބޭނުންވެއެވެ.
މަގާމު: |
ސީނިއަރ މެކޭނިކަލް އިންޖިނިއަރ |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މުސާރަ: |
6,600.00 ރުފިޔާ |
ސަރވިސް އެލަވަންސް: |
2,000.00 ރުފިޔާ |
ފެންވަރު ނުވަތަ ޝަރުޠު: |
1- މެރިން އިންޖިނިއަރިންގ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7,8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2- މިދާއިރާއިން އިންބޯޑް ނުވަތަ އައުޓްބޯޑު އިންޖިނިއަރެއްގެ ގޮތުން 12 އަހަރު ދުވަހު މަސައްކަތްކޮށް ޢަމަލީ ތަޖުރިބާ ލިބިފައިވުމާއެކު ކަނޑުމަތީގެ ޑިއުޓީގައި ގިނަވަގުތު އުޅުމުގެ ޤާބިލްކަން ހުރުމާއެކު މަސައްކަތްކުރުމުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން. |
މައިގަނޑު މަސައްކަތް: |
1- އުޅަނދުފަހަރުގެ ޓެކްނިކަލް ހުރިހާ މައްސަލަތައް ހައްލުކުރުމުގައި ޒިންމާދާރުކަމާއެކު މަސައްކަތްކުރުމާއި، އުޅަނދުފަހަރުގެ ކޮންޑިޝަން ދުވަހުން ދުވަހަށް ދެނެގަތުން. 2- ރަސްމީދަތުރުތަކުގައި އިންޖިނިއަރެއްގެ ގޮތުގައި ބައިވެރިވުމާއި އުޅަނދުގެ ކަންޑިޝަން ރަނގަޅުކަން ޗެކްކުރުން. 3- ދަށުން މަސައްކަތްކުރާ މީހުންނަށް ޓެކްނިކަލް މަސައްކަތްތައް ކިޔާދިނުމާއި ކަންކަން އޮޅުންފިލުވާދީ އެކުގައި މަސައްކަތްކުރުމާއި، ރާވާ ހިންގުމުގައި ހަވާލުވެހުންނަ ސްޕްވައިޒަރަށް އެހީތެރިވުން. 4- މަސައްކަތުގެ ވަގުތުތަކުގަޔާއި އަދި އެހެނިހެން ވަގުތުތަކުގައި ތިމާއާއި ހަވާލުކުރާ އެންމެހާ މަސައްކަތްތައް ވީ އެންމެހާ ރަނގަޅަށް ފުރިހަމައަށްކުރުން. |
މަގާމު: |
މެކޭނިކަލް އިންޖިނިއަރ |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މުސާރަ: |
މަހަކު 5,610.00 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު 2,000.00 ރާފިޔާ |
ފެންވަރު ނުވަތަ ޝަރުތު: |
1- މެރިން އިންޖިނިއަރިންގ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2- މެރިން އިންޖިނިއަރިންގ ދާއިރާއިން އިންބޯޑް/އައުޓްބޯޑް އިންޖިނިއަރެއްގެގޮތުން އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 ރޭންކުގައި 4 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. ކަނޑުމަތީގެ ޑިއުޓީގައި ގިނަވަގުތު ޑިއުޓީ ކުރުމުގެ ޤާބިލުކަން ހުރުމާއެކު މަސައްކަތް ކުރުމުގެ ފުރިހަމަ ސިއްހަތެއްގައިހުރި މީހެއް ކަމުގައިވުން. |
ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު |
1- އުޅަނދުފަހަރުގެ ޓެކްނިކަލް ހުރިހާ މައްސަލަތައް ހައްލުކުރުމުގައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމާއި، އުޅަނދުފަހަރުގެ ކޮންޑިޝަން ދުވަހުން ދުވަހަށް ދެނެގަތުން. 2- ރަސްމީ ދަތުރުތަކުގައި އިންޖިނިއަރެއްގެގޮތުގައި ބައިވެރިވުމާއި އުޅަނދުގެ ކަންޑިޝަން ރަނގަޅުކަން ޗެކްކުރުން. 3- ދަށުން މަސައްކަތްކުރާ މީހުންނަށް ޓެކްނިކަލް މަސައްކަތްތައް ކިޔާދިނުމާއި، ކަންކަން އޮޅުންފިލުވާދީ އެކުގައި މަސައްކަތްކުރުމާއި ރާވާ ހިންގުމުގައި ހިންގުމުގައި ހަވާލުވެހުންނަ ސްޕަވައިޒަރަށް އެހީތެރިވުން. 4- މަސައްކަތުގެ ވަގުތުގައްޔާއި އަދި އެހެނިހެން ވަގުތުތަކުގައި ތިމާއާއި ހަވާލުކުރާ އެންމެހާ މަސައްކަތްތައް ވީ އެންމެ ރަނގަޅަށް ފުރިހަމައަށްކުރުން. |
މަގާމު: |
ވުޑް އެންޑްފައިބަރ ވޯރކް |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މުސާރަ: |
5,020.00 ރުފިޔާ |
ސަރވިސް އެލަވަންސް: |
1,500.00 ރުފިޔާ |
ފެންވަރު ނުވަތަ ޝަރުތު: |
1- ވުޑް އެންޑް ފައިބަރ ގްލާސް ދާއިރާއިން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މިދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2- ވުޑްވާރކްސް / ކާޕެންޓަރ / ފައިބަރ ދާއިރާއިން އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 ރޭންކްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. ނުވަތަ، 3- ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. |
ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު: |
1- ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތްދިނުމަށް ބޭނުންކުރެވޭ އުޅަނދުފަހަރުގެ މެއިންޓަނަންސް މަސައްކަތުގެ ތެރެއިން ވުޑް އެންޑް ފައިބަރ އަދި އެހެނިހެން މަސައްކަތްތައް ކުރުން. 2- އެއްގަމަށް ނަގާ އުޅަނދުފަހަރުގެ ވުޑް އެންޑް ފައިބަރ މަސައްކަތްތައް ރައްކާތެރިކަމާއެކު، ރަނގަޅު ފެންވަރުގައި ސަރވިސްކޮށް ބެލެހެއްޓުން. 3- ތަނުގައި ބޭނުންކުރެވޭ ވުޑް އެންޑް ފައިބަރ މަސައްކަތުގެ އިކްވިޕްމަންޓްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން. |
މަގާމު: |
އެޑްމިނިސްޓްރޭޓަރ |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މުސާރަ: |
5,610.00 ރުފިޔާ |
ސަރވިސް އެލަވަންސް: |
1,500.00 ރުފިޔާ |
ފެންވަރު ނުވަތަ ޝަރުތު: |
1- އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަންރިސޯސް ދާއިރާއިން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5،6 ގެ ސަނަދެއް ހާޞިލުކޮށްފައިވުމާއެކު، މިދާއިރާއިން 2 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2- އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަންރިސޯސް ދާއިރާއިން 8 އަހަރުދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 3- ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. |
ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު: |
1- ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ އެންމެހާ މަސައްކަތްތައް ކުރުން. 2- މުވައްޒަފުންގެ ހާޒިރީ ލިޔެ ބެލެހެއްޓުމާއި، ހާޒިރީ ރިޕޯޓް ކަނޑައެޅިފައިވާ ދުވަހުގެކުރިން ލިޔެ ތައްޔާރުކޮށް ރިޕޯޓް ފޮނުވުން. 3- އުޅަނދުފަހަރާއި ވެހިކަލް އަދި ޢިމާރާތަށް ބޭނުންވާ ތަކެތީގެ އިދާރީ އެންމެހާ މަސައްކަތްތައް ކުރުމާއި، ދަތުރުފަތުރާބެހޭ އެންމެހާ ލިޔެކިއުންތައް ބެލެހެއްޓުން. 4- އިދާރީ ލިޔެކިއުންތައް ފައިލްކުރުމާއި، މުވައްޒަފުންގެ ރެކޯޑްސް އަޕްޑޭޓްކޮށް ބެލެހެއްޓުން. |
މަގާމު |
ފަޅުވެރި |
ބޭނުންވާ ޢަދަދު |
2 (ދޭއް) |
މުސާރަ |
މަހަކު 4,465.00 ރުފިޔާ |
ސަރވިސް އެލަވަންސް: |
1,500.00 ރުފިޔާ |
ފެންވަރު ނުވަތަ ޝަރުތު: |
- ގްރޭޑް 7 ގެ ފެންވަރު ހުރުން، ނުވަތަ ކަނޑުމަތީ އުޅަނދެއްގައި 4 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތްކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއި، ޓްރާންސްޕޯޓް އޮތޯރިޓީން ފުރިހަމަކުރާ "ފަޅުވެރިންގެ ކޯސް" ފުރިހަމަކޮށްފައިވުން. މީގެ އިތުރުން ކަނޑުމަތީގައި ގިނަ ވަގުތު ޑިއުޓީގައި އުޅުމުގެ ގާބިލުކަން ހުރުމާއެކު މަސައްކަތްކުރުމުގެ ފުރިހަމަ ޞިއްޙަތެއްގައިހުރުން. |
ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު: |
1- ލޯންޗްފަހަރުގެ ފަޅުވެރިއެއްގެގޮތުން ކަނޑުމަތީގެ ދަތުރުފަތުރުކޮށްދިނުމާއި، އުޅަނދާއި އުޅަނދުން ދަތުރުފަތުރުކުރާ މީހުންނަށް ސަލާމަތާއި ރައްކާތެރިކަމާއެކު މަސައްކަތްކުރުން. 2- އުޅަނދެއް ދަތުރަށް ތައްޔާރުކޮށްދޭއިރު އެންމެމަތީ އަދި އެންމެ ރަނގަޅު ފެންވަރުގައި އެ އުޅަނދެއްގެ ކަންތައްތައް ތައްޔާރުކޮށްދިނުމުގައި މަސައްކަތްކުރުން. 3- އުޅަނދުގެ އެތެރެއާއި ބޭރުގެ މެއިންޓަނަންސް މަސައްކަތްތައް ކުރުމާއި، އުޅަނދުގައިވާ އިކްވިޕްމަންޓްތައް ސާފުތާހިރުކޮށް ބެލެހެއްޓުން. 4- ލޯންޗްގައި އެމީހަކާ ހަވާލުކުރެވޭ ޑިއުޓީގައި ހިންގާކޮންމެކަމަކަށް ޒިންމާވުން. 5- މަސައްކަތުގެ ވަގުތުގައްޔާއި އަދި އެހެނިހެން ވަގުތުތަކުގައި ތިމާއާއި ހަވާލުކުރާ އެންމެހާ މަސައްކަތްތައް ވީއެންމެ ރަނގަޅަކަށް ފުރިހަމައަށް ކުރުން. |
މަގާމު: |
ސްޓޮކް ކީޕަރ |
ބޭނުންވާ ޢަދަދު: |
02 (ދޭއް) |
މުސާރަ: |
މަހަކު 4,465.00 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު 1,000.00 ރުފިޔާ |
މިނިމަމްވޭޖް އެލަވަންސް: |
މަހަކު 585.00 ރުފިޔާ |
ފެންވަރު ނުވަތަ ޝަރުތު: |
އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން އެނގުމާއެކު، 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. މަސައްކަތްކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މިދާއިރާގައި ސަޕޯޓް ސްޓާފް ގްރޭޑް 2 ގެ މަގާމުގައި 2 އަހަރުދުވަހު މަސައްކަތްކޮށްފައިވުން. |
ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު: |
1- ސްޓޮކަށް ލިބޭތަކެތީގެ ލިޔެކިއުންތަކުގެ އިދާރީ މަސައްކަތްތައް ކުރުމާއި، ސްޓޮކްގައިވާ ތަކެތި ލިޔެ ބެލެހެއްޓުން. 2- ސްޓޮކުން ދޫކުރަންޖެހޭ ތަކެތި ހުއްދަލިބެންޖެހޭ އެންމެހާ ފަރާތްތަކުގެ ހުއްދައާއެކު ދޫކޮށްދިނުން. 3- ހަލާކުވެގެންނާއި ނައްތާލަންޖެހޭ އެންމެހާ ތަކެތީގެ ލިޔެކިއުންތައް ބެލެހެއްޓުން. 4- ޕްރެޒިޑެންޝަލް ފްލީޓުގައި ބޭނުންކުރާ އެންމެހާ ސާމާނާއި ތަކެތީގެ އިންވެންޓްރީ ބެލެހެއްޓުން. 5- ފިއުލްގެގޮތުގައި ހޯދާ އެންމެހާ ތަކެތީގެ ލިޔެކިއުންތައް ބެލެހެއްޓުން. 6- ބަޖެޓަށް ބޭނުންވާ ތަކެތީގެ ލިސްޓު ތައްޔާރުކޮށް އެޑްމިނިސްޓްރޭޓަރާ ހަވާލުކުރުން. |
މަގާމު: |
ވޮޗަރ |
ބޭނުންވާ ޢަދަދު: |
02 (ދޭއް) |
މުސާރަ: |
4,000.00 ރުފިޔާ |
ސަރވިސް އެލަވަންސް: |
1,000.00 ރުފިޔާ |
މިނިމަމްވޭޖް އެލަވަންސް: |
1,080.00 ރުފިޔާ |
ފެންވަރު ނުވަތަ ޝަރުތު: |
1- ލިޔަންކިޔަން އެނގުމާއެކު، މަގާމުގެ މަސައްކަތުގެ ހުނަރު/ތަޖުރިބާ ހުރުން. ނުވަތަ، 2- މަގާމާގެ މަސައްކަތުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު މިދާއިރާގައި ސަޕޯޓް ސްޓާފް ގްރޭޑް 2 ގެ މަގާމުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން. |
ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު: |
1- ވެހިކަލް ގަރާޖާއި ގަރާޖުގައިވާ ތަކެއްޗަށް އެއްވެސް ނުރައްކަލެއް ނާންނާނެގޮތުގެމަތިން ސެކިއުރިޓީ ބެލެހެއްޓުން. 2- ވެހިކަލް ގަރާޖަށް ވަންނަ މީހުންނަކީ ހުއްދަ ލިބިފައިވާ ފަރާތްތައްތޯބަލާ ޗެކުކުރުމާއި، ހުއްދަނެތް ފަރާތްތައް ކަމާބެހޭ ފަރާތުގެ ހުއްދަލިބިގެން މެނުވީ އިމާރާތުގެ ތެރެއެއަށް ވަދެއުޅުނަ ނުދިނުން. 3- ވެހިކަލް ގަރާޖުން ބޭރަށް ގެންދެވޭތަކެއްޗަކީ ހުއްދަލިބިގެން ގެންދެވޭތަކެތިތޯބަލާ ޗެކްކުރުން. 4- މަސައްކަތާގުޅިގެން ހަވާލުކުރެވޭތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން. |
މަގާމު: |
މަސައްކަތު |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މުސާރަ: |
4,000.00 ރުފިޔާ |
ސަރވިސް އެލަވަންސް: |
1,000.00 ރުފިޔާ |
މިނިމަމްވޭޖް އެލަވަންސް: |
1,080.00 ރުފިޔާ |
ފެންވަރު ނުވަތަ ޝަރުތު: |
1- އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން އެނގުމާއެކު، 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ، 2- މަސައްކަތްކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މިދާއިރާގައި ސަޕޯޓް ސްޓާފް ގްރޭޑް 2 ގެ މަގާމުގައި 2 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން. |
ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު: |
1- ޢިމާރާތާއި ގޯތިތެރެ ކުނިކަހާ ފޮޅާ ސާފުކޮށް ބެލެހެއްޓުން. 2- ޢިމާރާތް ރީތިކޮށް ބެލެހެއްޓުމުގައި މެއިންޓަނަންސްކޮށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. 3- މަސައްކަތުގެ ވަގުތުގަޔާއި އަދި އެހެނިހެން ވަގުތުގައި ތިމާއާއި ހަވާލުކުރާ އެންމެހާ މަސައްކަތްތައް ވީ އެންމެރަނގަޅަކަށް ފުރިހަމައަށް ކުރުން. |
ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭތަން |
މި މަގާމުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން މަސައްކަތް ކުރަންޖެހޭނީ ޢާންމުގޮތެއްގައި މާލޭގައެވެ. |
އިތުރު ޢިނާޔަތްތައް |
މި މަގާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ބަންދު ދުވަހުގެ އެލަވަންސާއި، ޝިފްޓް ޑިއުޓީ އެލަވަންސް، ދަތުރު އެލަވަންސް، އަދި އަތޮޅުތެރެއަށްކުރާ ދަތުރުތަކުގައި ހަމަޖެހިފައިވާ އުސޫލުން ހުރުމުގެ އެލަވަންސް ލިބޭނެއެވެ. |
އިތުރު މަޢުލޫމާތު |
ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2025 އެޕްރީލް 15 ވާ އަންގާރަ ދުވަހު 14.00 ގެ ކުރިން މި މިނިސްޓްރީއަށް ސިޓީ ފޮނުއްވުން އެދެމެވެ. މި މިނިސްޓްރީއަށް ފޮނުއްވާ ސިޓީތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ސިޓީއާއި ލިޔުންތައް މިނިސްޓްރީއަށް އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ. |
08 ޝައްވާލު 1446