ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)336/336/2025/18
ޕަބްލިޝްކުރި ތާރީޚް: 07 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 10:14
ސުންގަޑި: 16 އެޕްރީލް 2025 12:00
މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތަށް ވަގުތީ މުޥައްޒަފުން ހަމަޖެއްސުމާގުޅޭ

މިސްކިތަށް ވަގުތީ މުޥައްޒަފުން ހަމަޖެއްސުމާގުޅޭ:-

މިރަށު މިސްކިތް(މަސްޖިދުއްނަޞްރު)ގައި ވަޒީފާ އަދާކުރައްވާ ދާއިމީ މުދިމުންނާއި ، މަސައްކަތު މީހުން އަހަރީ ޗުއްޓީ ނެގުމުން އަދި ސަލާމް ބުނުމުން ނުވަތަ އާއިއިލީޒިންމާ ޗުއްޓީ ނެންގެވުމުން ވަގުތީ ގޮތުން މުދިމުކަން ކޮށްދޭނެ މީހުންނާއި ، މަސައްކަތު މީހުންގެ ވަޒީފާ އަދާކުރުމަށް ނެގިފައިވާ ޕޫލްގައި ތިއްބަވާ ފަރާތްތަކުގެ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ ، ދެންނެވިފައިވާ މަޤާމްތަކަށް 2 އަހަރު ދުވަހުގެ މުއްދަތަށް މީހުންބޭނުންވެއްޖެއެވެ.

ވީމާ ، މިކަމަށް ޝައުޤުވެރިވެ ލައްވާ ބޭފުޅުން 16 އެޕްރީލް 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހަޅުއްވާ އިރު ލިބިފައިވާ ތަޢުލީމީސެޓްފިކެޓްތަކާއި ، އައިޑީކާޑްކޮޕީ ހުށަހެޅުއްވުން އެދެމެވެ. މިވަޒީފާތަކަށް އެދި ފޮނުވާ ސިޓީއާއި، އެހެނިހެން ލިޔެކިޔުންތައް މިކައުންސިލްގެ އިންފޯރ މެއިލް[email protected]  ނުވަތަ 7880141 ވައިބަރ ނަމްބަރަށް ފޮނުއްވުމުންވެސް ބަލައި ގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ. 

07 އެޕްރީލް 2025