ދިވެހިރާއްޖެ
|
މަޤާމުގެ ނަންބަރު: |
J-290969 |
|
|
|
ބޭނުންވާ އަދަދު: |
01 |
|
|
|
މަޤާމުގެ ގިންތި: |
ދާއިމީ |
|
|
|
މަޤާމުގެ ރޭންކު: |
އީ. އެކްސް. 1 |
|
|
|
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް ޑިރެކްޓަރ |
|
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
އިންޓާނަލް އޮޑިޓް ސެކްޝަން، އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ، ކ. މާލެ |
|
|
|
މުސާރަ: |
8,835.00 ރުފިޔާ |
|
|
|
ސަރވިސް އެލަވަންސް: |
2،000.00 ރުފިޔާ |
|
|
|
އެހެނިހެން އެލަވަންސް: |
- ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ގެ އެލަވަންސެއް ކޮންމެ މަހަކު ދެވޭނެއެވެ. - ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި 2473.80/- ރުފިޔާ ލިބޭނެއެވެ. - ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
|
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1) އިންޓަރނަލް އޮޑިޓުގެ އަހަރީ ޕްލޭން ތައްޔާރުކުރުމުގެ ގޮތުން، އަހަރީ ރިސްކް އެސެސްމެންޓް ތައްޔާރުކުރުމަށް، އިންޓަރނަލް އޮޑިޓް މުއައްޒަފުންނަށް އިރުޝަދު ދީ ސުޕަވައިޒްކޮށް، އެ މުވައްޒަފުންގެ މަސައްކަތްތައް ރިވިއުރުން. 2) ރިސްކް އެސެސްމަންޓުން ފާހަގަވި ކަންކަން އިސްކަންދޭ ތަރުތީބުން އޮޑިޓް ޔުނިވާސްގައި ހިމަނައި، އޮޑިޓް ޔުނިވާސް ތަރައްޤީކުރުމަށް އިންޓަރނަލް އޮޑިޓް މުވައްޒަފުންނަށް އިރުޝާދުދީ އެކަން ކުރެވެމުންދާކަން ޔަޤީންކުރުން. މިނޫނަސް އެހެނިހެން މަސްދަރުތަކުން ލިބޭ މައުލޫމާތައް ބަލައި އޮޑިޓް ޔުނިވާސް އަދާހަމަކުރުމަށް، މުވައްޒަފުންނަށް އިރުޝާދު ދިނުން. 3) އަހަރީ އޮޑިޓް ޕްލޭން ތައްޔާރުކޮށް ޗީފް އިންޓަރނަލް އޮޑިޓަރ ނުވަތަ ޑިރެކްޓަރ ޖެނެރަލް އަށް ހުށަހެޅުން. 4) އަހަރީ އޮޑިޓް ޕްލޭންގައި ހިމެނޭ އޮޑިޓްތައް އޮޑިޓް ޓީމްތަކަށް ބަހާލުން. އަދި އެ ގޮތަށް ހަވާލުކުރެވޭ މަސައްކަތްތައް ޓީމުތަކުން ކުރާކަން ކަށަވަރުކުރުން. 5) ވަކިވަކި އޮޑިޓް އެސައިންމަންޓްތަކަށް އޮޑިޓް ޕްލޭން ތައްޔާރުކުރުމަށްޓަކައި ޓީމް ލީޑަރ (ސީނިއަރ އޮޑިޓަރުން) އަށް އިރުޝާދުދީ ސުޕަވައިޒްކޮށް އެޕްލޭންތައް ރިވިއުކުރުން. 6) ރިވިއުކުރެވިފައިވާ އެސައިންމަންޓް ޕްލޭންތައް ޗީފް އިންޓަނަލް އޮޑިޓަރ ނުވަތަ ޑިރެކްޓަރ ޖެނެރަލްއަށް ހުށަހަޅައި ފާސްކުރުން. 7) އޮޑިޓް އެސައިންމަންޓް ޕްލޭނާ އެއްގޮތަށް އޮޑިޓް ކުރިއަށްދާކަން ސުޕަވައިޒްކޮށް، އިރުޝާދުދިނުމުގެ މަސައްކަތް ކުރުން. 8) އޮޑިޓް އެސައިންމަންޓާ ގުޅޭ ވޯކިންގް ޕޭޕަރސްތައް ރިވިއުކޮށް، އެ މަސައްކަތް ކުރި ޓީމަށް ދޭންޖެހޭ އިރުޝާދުދިނުން. 9) އޮޑިޓް އޮބްޒަވޭޒަންތައް އެޑްވައިސް ރިވިއުކޮށް އިތުރަށް ތަރައްގީކުރަން ޖެހޭނަމަ އެކަމަށް އިރުޝާދު ދިނުން. 10) ސީނިއަރ އޮޑިޓަރ ނުވަތަ އޮޑިޓުގައި ކަނޑައެޅޭ ފަރާތަކުން، އޮޑިޓް ރިޕޯޓް އެކުލަވައިލުމުން، އެ ރިޕޯޓް ރިވިއުކޮށް، އިސްލާހުކުރަން ކަންތައްތައް ހުރިނަމަ އެކަންތައްތައް އިސްލާހުކުރަން އިރުޝާދުދިނުން. 11) އިސްލާޙްކުރެވޭ އޮޑިޓް ރިޕޯޓް، ޗީޕް އިންޓަރނަލް އޮޑިޓަރ ނުވަތަ ޑިރެކްޓަރ ޖެނެރަލް އަށް ހުށަހެޅުން. 12) އޮޑިޓް މުއައްޒަފުންނަށް ތަމްރީނު ބޭނުންވާ ދާއިރާތައް ދެނެގަނެ ޗީފް އިންޓަރނަލް އޮޑިޓަރ ނުވަތަ ޑިރެކްޓަރ ޖެނެރަލް އަށް ހުށައެޅުން. 13) އޮޑިޓް ކުރުމުގައި ގެންގުޅޭނެ އޮޑިޓް މެނުއަލް އަދި އެސްއޯޕީ ތައްޔާރުކޮށް، ޗީފް އިންޓަރނަލް އޮޑިޓަރ ނުވަތަ ޑިރެކްޓަރ ޖެނެރަލްގެ އެޕްރޫވަލް ހޯދުން. 14) އިންޓަރނަލް އޮޑިޓް ފަންކްޝަންގެ މަސްދުވަހުގެ ޕަރފޯމަންސް ރިޕޯޓް އަދި އަހަރީ ޕަރޕޯމަންސް ރިޕޯޓް ތައްޔާރުކުރުމަށް އިރުޝާދުދީ، ވަގުތަށް ރިޕޯޓް ތައްޔާރުކުރެވެމުންދާކަން ޔަޤީން ކުރުން. 15) ވޭތުވެދިޔަ އަހަރުތަކުގެ އޮޑިޓް ރިޕޯޓްތަކުގެ ފޮލޯއަޕް ހެދުމަށް އެހީތެރިވެދީ ފޮލޯއަޕް މަސައްކަތް ސުޕަވައިޒްކުރުން. 16) އޮފީހުގެ މަސައްކަތާގުޅޭ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
|
|
|
|
މަޤާމުގެ ޝަރުޠުތައް: |
ނުވަތަ
|
|
|
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
މަޤާމުގެ ޕްރިފަރޑް ޑިސިޕްލިންތައް: ނެތް
މަޤާމުގެ ކޯ ޑިސިޕްލިންތައް: 1. އެކައުންޓިންގް 2. އޮޑިޓިންގް
|
|
||
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް: 1. އެކައުންޓިންގް 2. އޮޑިޓިންގް
ނޯޓު: ކޯ ޑިސިޕްލިން ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާ ނަމަ، އެ ފަރާތަކަށް ކްރައިޓީރިއާގައި ކޯ/ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު ދެވޭނެއެވެ.
|
|
||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
|||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ. |
|||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 އެޕްރީލް 2025 ގެ 13:00 ގެ ކުރިން، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މި ވުޒާރާގެ އީ-މެއިލް[email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|||
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
|||
އިންޓަރވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ، 20 އެޕްރީލް 2025 އާއި 30 އެޕްރީލް 2025 އާ ދެމެދު، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ ގައެވެ.
|
|||
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
|||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1617 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |
||||
08 ޝައްވާލް 1446