ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)196-HR/1/2025/23
ޕަބްލިޝްކުރި ތާރީޚް: 06 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 18:47
ސުންގަޑި: 13 އެޕްރީލް 2025 12:00
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓަންޓް ކޭސް އޮފިސަރ (ވަގުތީ)

މަޤާމް:       އެސިސްޓަންޓް ކޭސް އޮފިސަރ (ވަގުތީ)

ބޭނުންވާ ޢަދަދު:    01 (އެކެއް)

ބޭނުންވާ މުއްދަތު:    12 (ބާރަ) މަސް (މަސައްކަތް ނުނިމޭނަމަ މުއްދަތު އިތުރުކުރެވޭނެ)

އުޖޫރަ:        ގަޑިއަކަށް -/60 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ވަގުތު: ދުވާލަކު 7 ގަޑިއިރު

މަސައްކަތް ކުރަންޖެހޭ ތަން: ފުވައްމުލަކު ގޮފި / ޏ. ފުވައްމުލައް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 

1- ކޮންމެ ދުވަހަކު ލިބޭ ކޯޓު އަމުރުތައް ސިސްޓަމަށް އަޅާ ކޯޓް ޝެޑިއުލް ތައްޔާރުކުރުން.

2- މައްސަލަތައް އަނބުރާ ސެކްޝަނަށް ލިބުމުން ފޮތުން ކެނޑުމާއި ސިޓީ ނެގުމަށް ޙަވާލުކުރުން.

3- މައްސަލަތަކާއި ގުޅޭގޮތުން ނަގަންޖެހޭ ފޯމު އާއި ސިޓީ ނެގުމުށްފަހު ފޮނުވަންޖެހޭ ކޯޓު / އިދާރާތަކަށް ފޮނުވުން.

4- ސެކްޝަނަށް ލިބޭ އެންޓްރީ އާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

5- ސަޕޯޓް ސެކްޝަންގެ މައްސަލަތަކާއި ގުޅުންހުރި މަސައްކަތްކުރުން.

6- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ އާކައިވް މަސައްކަތްތައްކުރުން.

7- މީގެ އިތުރުންވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތާއި ގުޅިގެން ވެރިން އަންގަވާ އެންމެހާ މަސައްކަތްތައް ކުރުން. 

ފެންވަރު ނުވަތަ ޝަރުޠު: ޖީ.ސީ.އީ. އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. 

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 13 އެޕްރީލް 2025 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

ލިންކް: https://online.pgo.mv/applications/jobs

ނޯޓް: 

1- މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

2- މިމަޤާމަށް ހޮވޭ މުވައްޒަފަކު މިއޮފީހުގެ ގޮފިތަކުގައި މަސައްކަތްކުރުމަށް އަތޮޅުތެރެއަށް ދަތުރުކުރަންޖެހޭނެއެވެ.

3- މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 15 އެޕްރީލް 2025 – 14 މޭ 2025 ވަނަ ދުވަހު ފުވައްމުލަކުގައެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

2- މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

3- ވަނަވަރު

4- ދރއ. ކާޑުގެ ކޮޕީ

5- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

8 ޝަޢްވާލް 1446

 

06 އެޕްރީލް 2025