ބީލަން
ނަންބަރު: (IUL)276/276/2025/31
ޕަބްލިޝްކުރި ތާރީޚް: 06 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 14:48
ސުންގަޑި: 21 އެޕްރީލް 2025 00:00
މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ބިލެތްފަހި ކައުންސިލް އިދާރާގެ އައު ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ޤާބިލު ފަރާތެއް ހޯދުމުގެ ދައުވަތު

 

(IUL)276/276/2025/31:ނަމްބަރ

އިޢުލާން

ށ. ބިލެތްފަހި ކައުންސިލް އިދާރާގެ އައު ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ޤާބިލު ފަރާތެއް ހޯދުމުގެ ދައުވަތު

             މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވާރކްސް ކަނޑައަޅާފައިވާ މިންގަނޑުތަކާއި ރިކުއަރމަންޓްތަކާ (މަސައްކަތުގެ ތަފްޞީލް) އެއްގޮތްވާ ގޮތުގެ މަތިން، ށ. ބިލެތްފަހި ކައުންސިލް އިދާރާގެ އައު ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ޤާބިލު ފަރާތެއް ހޯދުމަށް އިޢުލާންކޮށް އެކަމަށް ކުރިމަތިލުމަށް ހުޅުވާލަމެވެ.

                        ވީމާ، މިމަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިއިޢުލާނާއެކު ދީފައިވާ ކުރެހުމާއި އެއްގޮތަށް ބިލް އޮފް ކުއެންޓިޓީ ތައްޔާރުކޮށް އަގުހުށައެޅުންވުން އެދެމެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަންރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން 06 އޭޕްރީލް 2025 އިން 09 އޭޕްރީލް 2025 ގެ 12:00 އާއިދެމެދު އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށްދަންނަވަމެވެ.

ލިންކް: https://forms.gle/8ZV9B7fhwrZ294Ab6

 

މަޢުލޫމާތު ސާފުކުރުން

ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 10 އޭޕްރީލް 2025 ވާ (ބުރާސްފަތި) ދުވަހުގެ 13:00 ގައި، ބިލެތްފަހީ ކައުންސިލްގެ އިދާރާގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ. 

މި މަސައްކަތާގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމުގެ ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ. ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ އީމެއިލް ކުރައްވާނީ 09  އޭޕްރީލް 2025 ވާ (ބުދަ) ދުވަހުގެ 14:00 ގެ ކުރިން [email protected]  އީމެއިލް އެޑްރެހަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540047 ނުވަތަ 7904032 ނަމްބަރާއެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން

ބީލަން ހުޅުވުން އޮންނާނީ 21 އޭޕްރީލް 2025 ވާ ( ހޯމަ ) ދުވަހުގެ 10:00 ގައި ބިލެތްފަހީ ކައުންސިލް އިދާރާގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަން ތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަންވެސް ބަލައިގަންނަގޮތަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

 

                   މި ބީލަމުގައި ބައިވެރިވެ ވަޑައިގެންނެވޭނީ ޤާނޫނު ނަންބަރު 96/10" ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު"، ޤާނޫނު ނަންބަރު 2007/3" ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނު"، ޤާނޫނު ނަންބަރު 2011/13 "ޕާޓްނަރޝިޕްގެ ޤާނޫނު"، ޤާނޫނު ނަންބަރު 2013/6" ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނު"، ޤާނޫނު ނަމްބަރު 2014/18" ވިޔަފާރި ރަޖިސްޓަ ރީ ކުރުމުގެ ޤާނޫނު" އަދި ޤާނޫނު ނަމްބަރު 2014/19" އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު" ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިއުލާން ކުރީމެވެ.

07 ޝައްވާލް  1446

06  އޭޕްރީލް  2025

 

 

 

 

 

 

 

 

06 އެޕްރީލް 2025