ދިވެހިރާއްޖެ
ގދ.އަތޮޅު ކައުންސިލް މެދުވެރިކޮށް ނަގާފައިވާ ބީ ޒޯން ލައިސަންސް(ފޮތް) އޭޒޯން ލައިސަންސް އަށް ބަދަލުކޮށް ކާޑު ހަދައިދިނުމަށްޓަކައި އެކައުންސިލްގެ ޓީމެއް 07 އޭޕްރީލް 2025 ވަނަ ދުވަހު މިރަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައި ވެއެވެ. މިޒިޔާރަތުގައި ބީޒޯން ލައިސަންސް އޭ ޒޯން ލައިސަންސް އަށް ބަދަލުކުރުމަށް ތިޔަރީ ޓެސްޓް ހެދުމާއި ޕްރެކްޓިކަލް ހެދުން ކުރިޔަށް ގެންދެވެނޭއެވެ. ބީޒޯން ލައިސަންސް ނަންގަވާފައިވާ ފަރާތަކުގެ ތެރެއިން އޭޒޯން އަށް ބަދަލުވުމަށް ބޭނުންވާ ފަރާތްތަކުން 07 އޭޕްރީލް 2025 ވަނަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައި ދެންނެވިފައިވާ ލިންކް މެދުވެރިކޮށް ނުވަތަ ކައުންސިލްގެ އިދާރާ އަށް ގުޅުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. މިކަމަށް ނެގޭ ފީތަކައި އެހެނިހެން މަޢުލޫމާތު ތިރީގައި ދެންނެވިފައި އެވަނީއެވެ.
ލިންކް: https://forms.office.com/r/z93Ls1n1a4?origin=lprLink
ފީތަކުގެ ތަފްސީލު
- ސިމްސް ޕޯޓަލް އިން އެޕްލައި ކުރުމަށްފަހު ގދ.އަތޮޅު ކައުންސިލަގެ އިދާރާ އަށް އިދާރީ ފީގެ ގޮތުގައި -/200 ރުފިޔާ ނެގޭނެ.
- ސިމްސް ޕޯޓަލްއިން އޮންލައިން ކޮށް ދެއްކޭ ފައިސާ
- ތިއަރީ އަށް އެޕްލައިކުރުމުން -/100ރ
- ޑްގައިވިންގ އަށް A0 އަށް އެޕްލައި ކުރުމުން -/100ރ
- ކާޑަށް އެޕްލައި ކުރުމުން A1 އެޑް ކުރާނަމަ ކާޑަށް ފައިސާ ދައްކަން ޖެހޭ ޢަދަދު -/350ރ
- A1 އެޑް ނުކުރާނަމަ -/250 ރ
- އިތުރުކުރެވޭ ކޮންމެ ކެޓަގެރީއަކަށް -/100ރ
- މިކަމަށް އެދޭ ފަރާތްތަކުގެ އީފާސް އެކްޓިވޭޓް ކުރައްވާން ވާނެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.