ވަޒީފާގެ ފުރުޞަތު
ނަންބަރު: MTCC-HRD/IU/2025/0137
ޕަބްލިޝްކުރި ތާރީޚް: 05 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 14:56
ސުންގަޑި:
08 އެޕްރީލް 2025 23:59
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ނަންބަރ: 0137/MTCC-HRD/IU/2025
އިޢުލާން
މުވައްޒަފުން ބޭނުންވެއްޖެ:
މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ މުވައްޒަފުން ބޭނުންވެއެވެ.
ޕްރޮޖެކްޓް މެނޭޖަރ
|
ވަޒިފާ އަދާކުރަންޖެހޭ ތަން:
|
ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޜަން – ހެންވޭރު ފެރީ ޓާރމިނަލް
|
އަދަދު
|
05
|
ވަޒީފާގެ ބާވަތް
|
ޕްރޮޖެކްޓްގެ ނިޔަލަށް
|
މުސާރައާއި ޢިނާޔަތްތައް
(މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ)
|
- 24،800ރ
- މަގާމާއި ގުޅޭ ދާއިރާއަކުން ޑިގްރީ ޙާސިލްކޮށްފައި ވާނަމަ މަހަކު 2،500ރ ނުވަތަ
މަގާމާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ޙާސިލްކޮށްފައި ވާނަމަ މަހަކު 1،500ރ
- ސްޓާފް މެޑިކަލް އިންޝުއަރެންސް
- ޕެންޝަން ސްކީމް
|
ރަސްމީ މަސައްކަތު ގަޑި
|
ހަފްތާއަކު 6 ދުވަހު – ދުވާލަކު 8 ގަޑި އިރު
|
ޝަރުޠު
|
- ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ ސިވިލް އިންޖިނިއަރިންގް ނުވަތަ މަގާމާއި ގުޅޭ ދާއިރާއަކުން އެމްއެންކިއުއެފް ލެވަލް 7 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއެކު މަގާމާއި ގުޅޭ ދާއިރާއަކުން 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ؛
- ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ ސިވިލް އިންޖިނިއަރިންގް ނުވަތަ މަގާމާއި ގުޅޭ ދާއިރާއަކުން އެމްއެންކިއުއެފް ލެވަލް 5 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއެކު މަގާމާއި ގުޅޭ ދާއިރާއަކުން 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
|
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް
|
މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ފެންނަން ހުންނާނެއެވެ.
|
ވީމާ, މިމަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 2025 އޭޕްރިލް 08 ވަނަ ދުވަހުގެ 23:59 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.
މި މަޤާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން 2025 އޭޕްރިލް 09 ން 2025އޭޕްރިލް 24 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.
|
ވެބްސައިޓް:
|
https://mtcc.mv/careers/
|
ފޯން:
|
1650
|
ނޯޓް:
|
- ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
- މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
- އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.
|
5 އޭޕްރިލް 2025