ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-IMS/417/2025/57
ޕަބްލިޝްކުރި ތާރީޚް: 01 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 21:32
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯނޑެއްދޫ ބަނދަރު ސަރަޙައްދު ތަރައްޤީކުރުމާއި ގުޅޭ.

ހޯނޑެއްދޫ ބަނދަރު ސަރަޙައްދު ބޭނުންކުރާ އެންމެންނަށް ފަސޭހަ ހިތްގައިމު ތަނަކަށް ހެދުމާއި އެތަނަކީ ރައްޔިތުންގެ ޚިޔާލައި މަޝްވަރާ އާއި އެއްގޮތަށް ތަރައްޤީކުރެވޭ ތަނަކަށް ހެދުމަށް މިކައުންސިލުން ބޭނުންވެއެވެ. އެހެންކަމުން ބަނދަރު ސަރަޙައްދު ތަރައްޤީކުރުމަށް ހޯނޑެއްދޫގެ އެންމެހައި ލޮބްވެތި ރައްޔިތުންނަށް ހުޅުވާލަމަވެ. އަދި ވަކީން ޚާއްސަކޮށް ހޯނޑެއްދޫ ތިއްބެވި ފަންނީ މީހުންގެ ޚިޔާލު މިކަމަށް ފޮނުއްވައިދެއްވުން އެދެމެވެ. ޚިޔާލު ފޮނުއްވާނީ އޮންލައިންކޮށް ތިރީގައި ދަންނަވާފައިވާ ލިންކް މެދުވެރި ކޮށެވެ. ހޯނޑެއްދޫ ބަނދަރު ސަރަޙައްދުގެ ޑްރޯން ފޮޓޯ އަކާއި ލޭންޑް ޔޫސް ޕްލޭންގައި މިސަރަޙައްދު އޮތް ގޮތުގެ ކުރެހުމެއް އާންމު ކުރީމެވެ.

ލިންކް: https://forms.office.com/r/C928MEpzxC?origin=lprLink

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 އެޕްރީލް 2025