ދިވެހިރާއްޖެ
އިއުލާން
ވަޒީފާގެ ފުރުޞަތު:
އުނގޫފާރު ސްކޫލްގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.
| 
 މަޤާމު: މަސައްކަތު ( ދާއިމީ )  | 
|||
| 
 ބޭނުންވާ އަދަދު  | 
 1 ( އެކެއް )  | 
 މަޤާމުގެ ކްލެސިފިކޭޝަން : އޮފިސަރ ގްރޭޑް 1  | 
 މަޤާމުގެ ރޭންކް : SS1  | 
| 
 ވަޒީފާ އަދާކުރާ ތަން  | 
 އުނގޫފާރު ސްކޫލް  | 
||
| 
 މުސާރަ  | 
 -/3100 ރުފިޔާ  | 
||
| 
 ސަރވިސް އެލަވަންސް  | 
 -/1000 ރުފިޔާ  | 
||
| 
 ތަޢުލީމާއި ތަޖުރިބާ  | 
 ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވުން  | 
||
| 
 މަޤާމުގެ މަސްއޫލިއްޔަތު  | 
 - ހަވާލުކުރެވިފައިވާ ކުލާސްރޫމް މަދުވެގެން ދުވާލަކު އެއްފަހަރު ކުނިކަހައި ފޮޅައި ސާފުކުރުން. - ކުލާސްރޫމްގެ ފަރުނީޗަރުތައް ހަފްތާއަކު އެއްފަހަރު ފެންފޮތިލައިގެން ސާފުކުރުން. - ކުލާސްރޫމްގެ ވަށައިގެން 1 ފޫޓުގެ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން. - ކުލާސްރޫމް ވަށައިގެން ޕާކުވާނަމަ އެޕާކުތަކުގެ އެތެރެ ސާފުކޮށް ބެލެހެއްޓުން އަދި ޕާކުތަކަށް ފެންދީ ބެލެހެއްޓުން. - ކުނިކަހައި ސާފުކުރަންޖެހޭ ސަރަހައްދު ދުވާލަކު އެއްފަހަރު ކުނިކަހައި ސާފުކޮށް ބެލެހެއްޓުން. - ކުލާސްރޫމްތަކުންނާއި އަދި ކުނިކަހައި ސަރަހައްދުން ނެގޭ ކުނިތައް ކޮންމެ ދުވަހަކުމެ ކުނި ޖަމާކުރާ ސަރަހައްދަށް ޖަމާކުރުން. - ޑިއުޓީގައި ހުންނަ ގަޑީގައި ދަރިވަރުންގެ ފާޚާނާ ސާފުކޮށް ބެލެހެއްޓުން. - ޑިއުޓީ ތާވަލާ އެއްގޮތަށް ޑިއުޓީ ފުރުމާއި ސްކޫލުގައި މަސައްކަތްކުރުން އަދި ބަންދު ދުވަސްތަކުގައި ޑިއުޓީއަށް ފަރުވާތެރިކަމާއެކު ނިކުތުން.  | 
||
| 
 މި މަޤާމަށް މީހަކު ހޯދުމުގައި އިސްކަންދެވޭނެ ކަންކަން  | 
 މަސައްކަތު މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި، މަޤާމާގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.  | 
||
| 
 އެޕްލިކޭޝަން ހުށަހަޅަންވީ އެންމެ ފަހު ތާރީޚު  | 
 20 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 ގެ ކުރިން އުނގޫފާރު ސްކޫލްގެ އޮފީހަށެވެ.  | 
||
| 
 އުޖޫރައާއި އިނާޔަތްތައް  | 
 އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ކަނޑައެޅިފައި އޮންނަ ގަވާއިދުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބިވަޑައިގަންނަވާނެއެވެ. އަދި ރަމަޟާންމަހުގެ އިނާޔަތާއި ބޯނަސް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ލިބިވަޑައގަންނަވާނެއެވެ.  | 
||
| 
 ހުށަހަޅަންޖެހޭ ލިޔުންތައް  | 
 - ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުގެ އޮފީހުންނާއި، ސިވިލް ސަރވިސްގެ ވެބްސައިޓް (www.csc.gov.mv) އިން ލިބެން ހުންނާނެއެވެ. - ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. - ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރުމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ ). - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ ފޯމެޓް މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.) - ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފެއްނަމަ، މަސައްކަތްކުރާ އިދާރާއަކުން ދޫކުރާ "މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު"  | 
||
| 
 އެހެނިހެން ކަންތައްތައް  | 
 މި މަޤާމަށް އެދި ހުށަހަޅާ ފަރާތަކީ އުމުރުން 18 އަހަރުން މަތީގެ މީހަކަށް ވާންވާނެއެވެ. އަދި 55 އަހަރުންމަތީގެ މީހަކަށް ވެގެންނުވާނެއެވެ.  | 
||
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް  | 
 - ތަޢުލީމާއި ތަމްރީނު - މަސައްކަތުގެ ތަޖުރިބާ - މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް - ސިވިލްސަރވިސްގެ ވަޒީފާގައި އުޅޭ ފަރާތްތަކަށް މަސައްކަތުގެ ފެންވަރު ބަލާ ފޯމުން ފާއިތުވި 2 އަހަރުގެ ހާޒިރީއާއި، އުޅުމާއި އަޚުލާޤަށް ބަލައި ކަނޑައެޅޭ މިންގަނޑުން މާކްސް ދެވޭނެއެވެ.  | 
||
| 
 އިންޓަރވިއު ކުރުން  | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީހާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ ހަފުތާއެއްގެ ތެރޭގައި އެންގޭނެއެވެ. އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. އެހެންކަމުން ތައްޔާރުވެ ރަށުގައި ހާޒިރުވެގެން ތިބުން އެދެމެވެ.  | 
||
| 
 ނޯޓް  | 
 ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭއެވެ.  | 
||
| 
 އިތުރު މައުލޫމާތު  | 
 މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ގުޅުއްވާނީ 6580262 މި ނަންބަރު ފޯނާއެވެ.  | 
||
25 ޝައްޥާލް 1436