ދިވެހިރާއްޖެ
މިއިޢުލާން އާއި އެކު އާންމުކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް މިކައުންސިލްގެ އައު އިމާރާތުގެ މަސައްކަތަށް ކޮންސަލްޓަންސީ ދޭނޭ ފަރާތެއް ބޭނުން ވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 އޭޕްރީލް 2025 ގެ ދުވަހުގެ 13:30 އަށް ކައުންސިލްގެ އިދާރާ އަށް ވަޑައިގެން ނުވަތަ އޮންލައިންކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އޮންލައިންކޮށް އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން އަންދާސީ ހިސާބު ފޮނުއްވަންވާނީ ފައިލްގައި ޕާސްވޯޑް އެއް ޖެއްސެވުމަށްފަހު https://message.gov.mv މެދުވެރިކޮށް ވަގުތު ހަމަވުމުގެ ކުރިންނެވެ. މިގޮތަށް ފޮނުއްވާ މެސެޖްގައި ގުޅޭނޭ ފޯނު ނަންބަރު ޖައްސަވަންވާނެއެވެ. މިގޮތަށް ފޮނުއްވަން ވާނީ އަމިއްލަ ފަރުދުންގެ ވިޔަފާރި އަކުން ނަމަ މަސްޢޫލުވެރިޔާގެ އެކައުންޓް އަދި ކުންފުނި/ޕާޓްނަރޝިޕަކުން ނަމަ މެނޭޖިންގ ޑިރެކްޓަރ/މެނޭޖިންގ ޕާޓްނަރ ގެ އެކައުންޓުންނެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.