ދިވެހިރާއްޖެ
މި ސްކޫލްގައި އަލަށް އިމާރާތްކޮށްފައިވާ 4 ކުލާސްރޫމްގެ އިމާރާތުގައި އަމިއްލަ ތަކެތީގައި ފެންވަޅެއް ބެހެއްޓުމުގެ މަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
1 ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 އޭޕްރީލް 2 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް [email protected] އަށް
ހުށަހެޅުން އެދެމެވެ. އަދި އަގު ހުށައަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ކަންތައްތައްކަށް ސަމާލުކަންދެއްވުން އެދެމެވެ.
- މަސައްކަތަކަށް ކަނޑައަޅާ އަގު އެނގޭނެގޮތަށް ތަފްސީލާއިއެކު ހުށަހެޅުން
 - މަސައްކަތް އެންމެ އަވަހަށް ފެށޭނެ ތާރީޚް އަދި މަސައްކަތަށް ހޭދަވާނޭ މުއްދަތު ބަޔާންކުރުން
 - އަގު ހުށަހަޅާ ފަރާތުގެ އައި.ޑީ.ކާޑު، މި މަސައްކަތާއި ގުޅޭ ތަޖުރިބާ ލިޔުން އަދި ވިޔަފާރީގެ ރަސްމީ ލެޓަރހެޑްގައި ކޯޓޭޝަން ހުށަހެޅުން
 
2 މި މަސައްކަތްތަކަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި
ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
3 މަސައްކަތުގެ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ. މަސައްކަތް އެވަރޑްކުރުމުގައި ޕޮއިންޓްދޭނީ ތިރީގައިވާ ތާވަލުގައިވާ ގޮތަށެވެ.
| 
 Details  | 
 Score %  | 
| 
 Price Percentage  | 
 85  | 
| 
 Experience Percentage  | 
 5  | 
| 
 Duration  | 
 10  | 
| 
 TOTAL  | 
 100  | 
4 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ވިލުފުށީ ސްކޫލް، ތ.ވިލުފުށި
ފޯނު ނަންބަރު: 7940633
އީ-މެއިލް:[email protected]