ދިވެހިރާއްޖެ
"ކޮންޒަވޭޝަން އޮފް އެޓޯލް އިކޯސިސްޓަމްސް ތްރޫ އެން އިފެކްޓިވްލީ މެނޭޖްޑް ނޭޝަނަލް ޕްރޮޓެކްޓެޑް އޭރިއާ އެސްޓޭޓް (ކެޓަނޭޓް)"މަޝްރޫއަށް 2 (ދޭއް) ރޭންޖަރސް ހޯދުމާއިގުޅޭ
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ކުރިޔަށް ގެންދާ ” ކޮންޒަވޭޝަން އޮފް އެޓޯލް އިކޯސިސްޓަމްސް ތްރޫ އެން އިފެކްޓިވްލީ މެނޭޖްޑް ނޭޝަނަލް ޕްރޮޓެކްޓެޑް އޭރިއާ އެސްޓޭޓް (ކެޓަނޭޓް)" މަޝްރޫގެ 2 (ދޭއް) ރޭންޖަރ މަގާމަށް ކުރިމާތިލާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަގާމަށް ހޮވޭފަރާތްތައް މަސައްކަތްކުރައްވާނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގައި ގާއިމުކުރެވޭ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގެ ދަށުން ށ. ފުނަދޫގައެވެ.
މި ވަޒީފާގެ ޝަރުތުތަކާއި މަސްޢޫލިއްޔަތުތައް ހިމެނޭހެން "ޓަރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައިވާނެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން ތަޢުލީމީ ފެންވަރުގެ އެކްރެޑިޓަޑް ސެޓިފިކެޓުގެ ކޮޕީ ނުވަތަ މުއްދަތު ހަމަނުވާ ލައިސަންސް އާއި، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ ވަޒީފާއަދާކުރި ތަނުން ދީފައިވާ ލިޔުމުގެ ކޮޕީ، އަދި ސިވިލް ސަރވިސް މުވައްޒަފެއް ނަމަ އޮފީހުން މި ވަޒީފާއަށް އެ މުވައްޒަފެއް ވީއްލާނެކަމުގެ ސިޓީ 13 އެޕްރީލް 2025 ވަނަ ދުވަހުގެ މެންދުރު 1200 ގެ ކުރިން މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވުން އެދެމެވެ. ފުރިހަމަ އެޕްލިކޭޝަން އެއްގެ ގޮތުގައި ބަލައިގަނެވޭނީ ހުރިހާ ސަޕޯޓިންގ ޑޮކިޔުމެންޓްތައް އެޓޭޗްކުރެވިފައިވާ އެޕްލިކޭޝަންތައް ކަމުގައި ދަންނަވަމެވެ.
އެޕްލިކޭޝަން ޓައިޓަލް: "ކޮންޒަވޭޝަން އޮފް އެޓޯލް އިކޯސިސްޓަމްސް ތްރޫ އެން އިފެކްޓިވްލީ މެނޭޖްޑް ނޭޝަނަލް ޕްރޮޓެކްޓެޑް އޭރިއާ އެސްޓޭޓް (ކެޓަނޭޓް)" މަޝްރޫއަށް 2 (ދޭއް) ރޭންޖަރސް ހޯދުމާއި ގުޅޭ
ހިއުމަން ރިސޯސް ސެކްޝަން،
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ވެލާނާގެ 5ވަނަ ފަންގިފިލާ، 20096، އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3018300
ވެބްސައިޓް: www.environment.gov.mv
ނޯޓް: މައުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް އަށް ލިބިގެންވެއެވެ. އަދި މި އިއުލާނު ކޮންމެ ވަގުތެއްތައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް އަށް ލިބިގެންވެއެވެ.