ދިވެހިރާއްޖެ
މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ރަޢިސްގެ މަޤާމަށް ނަން ހުށަހެޅޭނީ މިވަގުތު ކްލަބެއްގެ ފުރިހަމަ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ މެމްބަރުންނަށެވެ. ކްލަބް ތަކުން ނަންތައް ހުށަހެޅުމަށް މިއަދުން ފެށިގެން 23 އޭޕްރީލް 2025 ގެ 15:00 އާއި ހަމައަށް ހުޅުވާލަމެވެ.
ރަޢީސްކަމަށް ނަން ހުށަހަޅާ ފޯމާއިއެކު ތިރީގައި ބަޔާންކުރެވިފައިވާ ތަކެތި ހުށަހަޅަން ވާނެއެވެ. ފޯމު އަދި ލިޔެކިޔުން ފުރިހަމަ ނުވާ ނަމަ އެ ފޯމެއް ބާޠިލުކުރުމުގެ ހައްޤު މި އެސޯސިއޭޝަނަށް ލިބިގެން ވާނެއެވެ.
- މަޤާމަށް އެދި ހުށަހަޅާ ފުރިހަމަ ކޮށްފައިވާ ފޯމު
- ޕޮލިސް ރިޕޯޓު
- ކުރިމަތިލާ ފަރާތުގެ ޕާސްޕޯޓް ސައިޒް ފޮޓޯ
- ފުރިހަމަ ކޮށްފައިވާ ކުށުގެ ރިކޯޑް ފޯމު (ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން)
މި މަޤާމަށް އެދި ނަން ހުށަހަޅާ ފަރާތުގެ ޝަރުތުތައް ތިރީގައި ބަޔާންކުރެވިފައިވާނެއެވު.
- ދިވެހި ރައްޔިތެއް ކަމުގައި ވުން
- ބުއްދި ސަލާމަތުން ހުރުން
- ޢުމުރުން 18 އަހަރު ވެފައިވުން
މި މަޤާމަށް ފަރާތެއް ހޮވުމަށް ވޯޓުލުން 26 އޭޕްރީލް 2025 ވާ ދުވަހުގެ 21:30 ގައި ހުޅުމާލެ ޗެސް އާކޭޑްގައި އޮންނާނެއެވެ. އަދި މި ވޯޓުލުމަށް ކްލަބްގެ ފަރާތުން ބައިވެރި ވެލައްވާ ފަރާތް ފުރިހަމަ ކޮށްފައިވާ ފޯމު 23 އޭޕްރީލް 2025 ގެ 15:00 ގެ ކުރިން ހުށަހަޅަން ވާނެއެވެ. ކްލަބްގެ ފަރާތުން ވޯޓުލުމުގައި ބައިވެރި ވެވޭނީ ހަމަ އެކަނި ކްލަބްގެ ފުރިހަމަ މެމަބަރަކަށެވެ.
މި މަޤާމަށް ނަން ހުށަހަޅާ ފޯމު އަދި ވޯޓުލާން ދުރުވާ ފަރާތުގެ ފޯމު މި އެސޯސިއޭޝަނަށް ވައިބަރ ނުވަތަ މެއިލް ކޮށްލެއްވުމުން، ނުވަތަ މި އެސޯސިއޭޝަންގެ އޮފީހުން ލިބެން ހުންނާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 7310073 އަށް ގުޅުއްވުން އެދެމެވެ.