|
ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ
|
|
މަޤާމު
|
އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ
|
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
ޖީ. އެސް. 4
އޮފިސަރ ގްރޭޑް 2
|
|
މުސާރަ
ސަރވިސް އެލަވަންސް
ސްޕެޝަލް ޑިއުޓީ އެލަވަންސް
|
-/5,020 ރުފިޔާ
-/1,500 ރުފިޔާ
-/1,757 ރުފިޔާ (އިތުރު ގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ. )
|
|
ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
މާލެ/ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ އެނަރޖީ ޑިޕާޓްމަންޓް
|
|
ބޭނުންވާ އަދަދު
|
01
|
|
ޝަރުޠު
|
- ޕްރޮޖެކްޓް މެނޭޖްމަންޓުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ،
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ޕްރޮޖެކްޓް މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ބޭއްވޭ ތަފާތު ވާރކްޝޮޕްތަކާއި ކޮންފަރެންސް ރާވައި އިންތިޒާމުކުރުމުގެ މަސައްކަތުގައި އެހީތެރިވުން.
- އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގައި ހިންގޭ މަޝްރޫޢުތައް ތަންފީޛުކުރުމަށް ކުރާ މަސައްކަތުގައި އެހީތެރިވުން.
- ރިނިއުބަލް އެނަރޖީ ޓެކްނޮލޮޖީގެ ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ހިންގުމުގައި އަދި ބޭނުންވާ މެޓީރިއަލްސް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- މަސައްކަތާ ގުޅުން ހުރި ދާއިރާއިން މިނިސްޓްރީގެ ފަރާތުންނާއި ސަރުކާރުގެ އެކިއެކި އިދާރާތަކުން ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުން.
- ހަކަތައިގެ ދާއިރާއިންނާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން މީހުން ބިނާކުރުމަށް ޑިޕާޓްމަންޓަށް ލިބޭ އެކިއެކި ފުރުޞަތުތަކުގައި މުވައްޒަފަށް ފުރުޞަތު ލިބޭ ވަރަކުން ބައިވެރިވެ ބޭނުންވާ މެޓީރިއަލްސް ތައްޔާރުކޮށް ރާއްޖެ ތަމްސީލުކުރުން.
- ޔުނިޓް ހެޑަށް އެހީތެރިކަން ދިނުމާއި އޮފީހުގެ އެކިއެކި ނިންމުންތައް ނިންމުމަށް އެހީތެރިވުން.
- މަސައްކަތާ ގުޅުންހުރި ދާއިރާއިން އަންނަ ފޯނުކޯލްތަކާއި އީމެއިލްއަށް ޖަވާބުދާރީވުމާއި މަސައްކަތާ ގުޅުންހުރި ދާއިރާއިން ލިބޭ ތަފާތު ސިޓީ ފަދަ ތަކެތި ފައިލްކުރުން.
- އެކި ތަންތަނަށް ފޮނުވާ ސިޓީ، މެމޯ އަދި ނޯޓް ފަދަ ތަކެތި ޑްރާފްޓްކުރުމާއި ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން.
- ދުވަހު ޔައުމިއްޔާ ލިޔުމާއި ފައިލުކުރުން.
- ޑިޕާޓްމަންޓުން ރާވައި އެކިއެކި މީޓިންގތައް އިންތިޒާމުކުރުން.
- ޑިޕާޓްމަންޓުން އިންތިޒާމުކޮށްގެން ހިންގާ ހުރިހާ ހަރަކާތްތަކެއްގައި އަދި ޑިޕާޓްމަންޓުން ކުރަންޖެހޭ ކުއްލި އަދި ބޮޑެތި މަސައްކަތްތަކުގައި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީ ބައިވެރިވުން.
- މީގެ ތެރޭގައި ކުރިއަށް އޮތް އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތުގައި އެހީތެރިވުމާއި، އަހަރުގެ ވާރކްޕްލޭން ތަންފީޒުކުރެވޭ ގޮތް ބަލައި، ވާރކްޕްލޭން އަޕްޑޭޓްކުރުމުގެ މަސައްކަތް ކުރުން ހިމެނެއެވެ.
|
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ހަކަތައިގެ ދާއިރާގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
- ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
|
|
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ.
- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
- ސުންގަޑި: 23 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
- އިންޓަރވިއު އާއި އިމްތިޙާން ކުރުން 17 އޮގަސްޓު 2015 އާއި 30 އޮކްޓޫބަރު 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
|
|
26 ޝައްވާލް 1436
|