ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)229-BD/229/2025/5
ޕަބްލިޝްކުރި ތާރީޚް: 18 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 22:45
ސުންގަޑި: 07 އެޕްރީލް 2025 12:00
މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2025 ވަނަ އަހަރު ރ އަތޮޅު ކައުންސިލުން އިންތިޒާމް ކުރާ މުބާރާތްތައް ހޯސްޓްކޮށްދޭނެ ފަރާތްތައް ހޯދުމާއި ބެހޭ

2025 ވަނަ އަހަރު ރ އަތޮޅު ކައުންސިލުން އިންތިޒާމް ކުރާ މުބާރާތްތައް ހޯސްޓްކޮށްދޭނެ ފަރާތްތައް ހޯދުމާއި ބެހޭ

ސުރުޚީގައި ދެންނެވިފައިވާ މުބާރާތްތައް މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތުތަކާއެއްގޮތަށް ހިންގައިދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. މި މުބާރާތްތައް ހިންގައިދިނުމަށް ފުރުޞަތު ހުޅުވާލެވިފައިމިވަނީ ރ. އަތޮޅުގެ ރަށުކައުންސިލްތަކާއި ރ. އަތޮޅުގެ ކުލަބު ޖަމުޢިއްޔާ ޖަމާޢަތްތަކަށް ކަމުގައި ދަންނަވަމެވެ. ކުލަބުޖަމުޢިއްޔާ ޖަމާއަތަކުން މި މިމުބާރާތް ހިންގައިދިނުމަށް އެދި ޕްރޮޕޯސަލް ހުށައަޅުއްވާއިރު އެރަށެއްގައި، އެޖަމާޢަތަކުން ތިރީގައި ބަޔާންކުރެވުނު މުބާރާތް ހިންގުމާމެދު ރަށުކައުންސިލްގެ އިޢުތިރާޒެއް ނެތްކަމުގެ ސިޓީއާއިއެކު ހުށައެޅުއްވުން އެދެމެވެ. 

2025 ވަނަ އަހަރު ރ އަތޮޅު ކައުންސިލުން ޖުމްލަ 4 މުބާރާތެއް ބޭއްވުމަށް ވަނީ ނިންމަވާފައެވެ. އެ މުބާރާތްތަކާއި މުބާރާތްތައް ބޭއްވުމަށް ނިންމަވާފައިވާ ތާރީޚްތައް ތިރީގައި އެވަނީއެވެ.

 

އަރުތަ ހޭންޑްބޯލް މުބާރާތް 2025: 15 ޖޫން 2025

އަރުތަ ފުޓްސަލް މުބާރާތް 2025: 01 އޯގަސްޓް 2025

އަތޮޅު ޤުރުއާން މުބާރާތް 2025: 04 ސެޕްޓެމްބަރ 2025

އަރުތަ ވޮލީބޯލް މުބާރާތް 2025: 01 އޮކްޓޯބަރ 2025

 

ވީމާ، މި މުބާރާތް ހިންގައި ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިއުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ޕްރޮޕޯސަލް ރެޖިސްޓްރޭޝަން ފޯމު ފުރިހަމަކުރަށްވާ 07 އޭޕްރީލް 2025 ވާ ( އާދިއްތަ ) ދުވަހުގެ 12:00 އަށް މިއިދާރާ މެއިލްކޮށްދެއްވުން އެދެމެވެ. ބިޑްރަޖިސްޓްރޭޝަން ފޯމު ފުރިހަމަކޮށް ހުށައަޅުއްވާނީ ކޮންމެ މުބާރާތަކަށް ވަކި ބިޑުރެޖިސްޓްރޭޝަން ފޯމެކެވެ. ޕުރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ 17 އޭޕްރީލް 2025 ވާ ( ބުރާސްފަތި ) ދުވަހުގެ 10:00 ށް މި އިދާރާއަށެވެ. ބިޑްރަޖިސްޓްރޭޝަން ފޯމު ފުރިހަމަކޮށް ހުށަނާޅުއްވާ ފަރާތްތަކަށް ޕުރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ.

ޕްރޮޕޯސަލް ހުށައެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިބޭފުޅަކީ ކާކުކަން އެނގޭގޮތަށް އެ ޕްރޮޕޯސަލް ހުށައަޅުއްވާ ތަނެއްގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއަކާއި އަދި ފޮނުއްވާ ބޭފުޅެއްގެ އައިޑީކާޑުގެ ކޮޕީ ހިއްޕަވައިގެން ވަޑައިގެންދެއްވުންއެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580564 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

18 މާރިޗު 2025