ދިވެހިރާއްޖެ
ފާސްކޮށްފައިވާ ބިނާވެށި ޕްލޭންގައި، ޔުޓިލިޓީ އަދި މުނިސިޕަލް ޚިދުމަތްތަކަށް ޒޯނުކުރެވިފައިވާ ލޮޓް ނަންބަރ LOT-U-004-16.8 ބިން ދިގު މުއްދަތައް ކުއްޔަށް ދޫކުރުމަށް މި އިދާރާގެ (I)288/2025/020 ވަނަ ނަންބަރު އިއުލާނުން ހުޅުވާލި ފުރުސަތުގައި އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ އަލުން ބީލަން ހުށައެޅުމަށް ހުޅުވާލަމެވެ. ވީމާ، މިއިއުލާނާއި އެއްކަރުދާސްކޮށްފައިވާ ބިމުގެ ސަރަހައްދު އަންގައިދޭ ޗާޓުން ފާހަގަކޮށްފައިވާ ބިމުގައި ޔުޓިލިޓީ އަދި މުނިސިޕަލް ޚިދުމަތްތައް ދިނުމަށް މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރެއްވުމަށް ހުޅުވާލަމެވެ.
ބިމުގެ ބޮޑުމިނަކީ 1500 އަކަފޫޓެވެ. ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލަނީ 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށެވެ. ބިމުގެ ކުލީގެ ގޮތުގައި ހުށައެޅޭ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 1 (އެކެއް) ރުފިޔާ ރޭޓުންނެވެ.
ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ރަޖިސްޓްރީވާން ހުށަހަޅާނީ މިއަދުން ފެށިގެން 2025 އެޕްރީލް 07 ވާ ހޯމަ ދުވަހު މެންދުރު 12:00 ގެ ކުރިން، ތިރީގައި ދީފައި އެވާ ލިންކު ގައިވާ ފޯމު ފުރިހަމަކޮށްގެންނެވެ.
ބިން ކުއްޔަށް ހުށައެޅުމަށް ބީލަން ހުށަހަޅާނީ އެ ކަމަށް ތައްޔާރުކޮށްފައިވާ ބީލަން ފޯމުންނެވެ. ބީލަން ފޯމު 2025 އެޕްރީލް 07 ވާ ހޯމަ ދުވަހު މެންދުރު 12:00 ން ފެށިގެން 2025 އެޕްރީލް 15 ވާ އަންގާރަ ދުވަހު މެންދުރުފަހު 12:00 ގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ރަސްމީވަގުތުގައި ކައުންސިލްގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 2025 އެޕްރީލް 15 ވާ އަންގާރަ ދުވަހު މެންދުރު13:00ގައި މި އިދާރާ ގައެވެ.
ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވާ ވިޔަފާރިއަކުން ފޯމާއެކު ހުށަހަޅާންޖެހޭ ތަކެތީގެ ޗެކްލިސްޓްގައި ހުށަހަޅާން ޖެހޭ ތަކެތި އިދާރާއަށް ހުށަހަޅާންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރާން ތިރީގައިވާ ނަންބަރަށް ގުޅުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރުން އެދެމެވެ.
| 
 ކައުންސިލް އިދާރާގެ ފޯނު ނަންބަރު:  | 
 6560015  | 
| 
 ކައުންސިލް މޯބައިލް ފޯނު ނަންބަރު:  | 
 7763264  | 
| 
 ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް:  |