| މަޤާމް: | ފްލައިޓް އޮޕަރޭޝަންސް އޮފިސަރ | ބޭނުންވާ އަދަދު: | 03 | 
| ސެކްޝަން: | ފްލައިޓް އޮޕަރޭޝަންސް ސެކްޝަން | 
| އަސާސީ މުސާރަ: | 8,835.00 ރ | ސާވިސް އެލަވަންސް: | 4,000.00 ރ | 
| ނޮންޕްރެކްޓިސިންގ އެލަވަންސް: | 3,975.75 ރ | ޖޮބް ސްޕެސިފިކް އެލަވަންސް: | 22,500.00 ރ | 
| ވަޒީފާ އަދާކުރަންޖެހޭތަން: | މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ | 
| ފެންވަރު ނުވަތަ ޝަރުތު: | 
ކޮމާޝަލް ޕައިލެޓް ލައިސެންސެއް އޮތުމާއެކު ޕައިލެޓްކަން ކުރުމާއެކު ފްލައިޓް އޮޕަރޭޝަންސް ދާއިރާއިން ޖުމްލަ 5 އަހަރުގެ ތަޖުރިބާ ލިބިފައިވުން  ނުވަތަ   2. ކޮމާޝަލް ޕައިލެޓް ލައިސެންސެއް އޮތުމާއެކު އެސިސްޓެންޓް ފްލައިޓް އޮޕަރޭޝަންސް އިންސްޕެކްޓަރެއްގެ ގޮތުގައި އުޅެ 4 އަހަރުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ   3. އެއާލައިން ޓްރާންސްޕޯޓް ޕައިލެޓް ލައިސެންސް އޮތުމާއެކު   އެސިސްޓެންޓް ފްލައިޓް އޮޕަރޭޝަންސް އިންސްޕެކްޓަރެއްގެ ގޮތުގައި އުޅެ 4 އަހަރުގެ ތަޖުރިބާ ލިބިފައިވުން  ނޯޓް: މި މަގާމަށް މުވައްޒަފުން ހޮވުމުގައި ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނުގައި އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު އެސް.އެސް.ސީ އިމްތިހާނުގައި ދިވެހިން "ސީ" ފާސް ނުވަތަ އެއާ އެއްވަރުގެ ފާސްތަކެއް ލިބިފައިވާ ފަރާތްތަކަށް 'ތަޢުލީމީ ފެންވަރު'ގެ ބައިން އިތުރަށް މާކްސް ދެވޭނެއެވެ. | 
| މަޤާމުގެ މަސްޢޫލިއްޔަތު: | 
ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި އެސް އޯ ޕީ ތަކުގައިވާ ގޮތުގެ މަތީން ފްލައިޓް އޮޕަރޭޝަންސް އޮފިސަރގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރަމުން ގެންދިއުންދިވެހިރާއްޖޭގައި ވައިގެދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ ހުއްދަ (އެއާ އޮޕަރޭޓަރސް ސެޓްފިކެޓް) އަދި ޕައިލޮޓުން ތަމްރީން ކުރާ ސްކޫލު ހުއްދަ (ފްލައިން ޓްރޭނިންގ އޮގަނިޒޭޝަން) ދިނުމުގެ ގޮތުން ތިރީގައިވާ ކަންތައްތައްކުރުންދިވެހިރާއްޖޭގައި މަދަނީ ވައިގެ ދަތުރުފަތުރު ކުރުމަށް ބޭނުންވާ ގަވާއިދުތައް ތައްޔާރުކޮށް އަދި/ނުވަތަ މުތާލިއާކޮށްވައިގެދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ ހުއްދައަށްް އެދޭފަރާތުގެ ލިޔެކިޔުންތައް ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން މުތާލިއާކުރުންވައިގެދަތުރުފަތުރުގެ ޚިދުމަތަށް ހުއްދަ ދިނުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިންސްޕެކްޝަންސް ހެދުންއަދި ހެދިފައިވާ ޤަވާއިދު ތަކާއި ސިޔާސަތުތަކާއި އެއްގޮތަށް ހުއްދަދީ (އެއާ އޮޕަރޭޓަރސް ސެޓްފިކެޓް) ބެލެހެއްޓުންބައިނަލްއަގްވާމީ ވައިގެދަތުރުފަތުރުގެ ޖަމިއްޔާ (އައިކާއޯ) އިން ލާޒިމުކުރާ ގޮތުގެ މަތިން، އެއާ އޮޕަރޭޓަރސް ސެޓްފިކެޓް އަދި/ނުވަތަ ފްލައިން ޓްރޭނިންގ އޮގަނައިޒޭޝަން ހުއްދަ ދެވިފައިވާ ފަރާތްތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމަށްޓަކައި ހަދަންޖެހޭ އިންސްޕެކްޝަންސް ހެދުންއެއާ އޮޕަރޭޓަރސް ސެޓްފިކެޓް އަދި/ނުވަތަ ފްލައިން ޓްރޭނިންގ އޮގަނައިޒޭޝަން ދެވިފައިވާ ފަރާތްތަކުގެ އޮޕަރޭޝަންސް މެނުއަލް ތަކަށް އަންނަ ބަދަލުތައް މުތާލިއާކުރުމާއި އެބަދަލު ތަކަށް ހުއްދަ ދިނުންޕައިލެޓުން، ކެބިންކުރޫން، ފްލައިޓް ޑިސްޕެޗަރުންނާބެހޭ ގަވާއިދުތައް ތައްޔާރުކޮށް އަދި/ނުވަތަ މުތާލިއާކޮށް ސެކްޝަންގެ އިސްވެރިޔާއަށް ލަފާދިނުން އަދި ހެދިފައިވާ ޤަވާއިދު ތަކާއި ސިޔާސަތުތަކާއި އެއްގޮތަށް ހުއްދަދީ (ލައިސެންސް/ސެޓްފިކެޓް/ވެލިޑޭޝަން) ބެލެހެއްޓުންޕައިލޮޓުން،ކެބިންކުރޫން، ފްލައިޓް ޑިސްޕެޗަރުންގެ މެޑިކަލް އެގްޒެމިނަރުންނަށް ހުއްދަދިނުމުގެ ގޮތުން، ހަދަންޖެހޭ ޤަވާއިދުތައް ހެދުމާއި، ލިޔެކިޔުންތައް މުތާލިއާ ކުރުމާއި، މެޑިކަލްއާއި ގުޅުން ހުރި ކަންކަމުގައި ގޮތެއްނިންމުމުގައި މެޑިކަލް އެގްޒެމިނަރުންނާ ވިލަރެސް ކުރުންޤަވާއިދު ތަކާއި އެއްގޮތަށް ހުއްދަދީ ބަލަމުން ދާއިރު، އެކަމެއްް ނުވަތަ އެތަނެއް ނުވަތަ އެތަނަކާ ގުޅޭކަމެއް ވަނީ ގަވާއިދާ ޚިލާފަށް ނުވަތަ ސަލާމަތީގޮތުން އެކަށީގެންނުވާ ފެންވަރަކަށް ނުވަތަ ގޮތަކަށް ކަމަށްވާނަމަ، އެތަނެއް ނުވަތަ އެކަމެއް އިޞްލާޙު ކުރުމަށް، ހެދިފައިވާ ޤަވާއިދު ތަކާއި ސިޔާސަތުތަކާއި އެއްގޮތަށް، ފިޔަވަޅުއަޅައި ސެކްޝަންގެ އިސްވެރިއާގެ ސަމާލުކަމަށް ގެނައުންދިވެހިރާއްޖޭގައި ދިމާވާ މަދަނީ ވައިގެ އުޅަނދުގެ އެކްސިޑެންޓާއި އިންސިޑެންޓާއި އަދި އޮކަރަންސް، ހިނގަންދިމާވި ސަބަބުތައް ހޯދައި ބެލުމަށްޓަކައި ތަޙްޤީޤުކުރުމުގައި ބައިވެރިވެ އެހީތެރިވުން އަދި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުންމަދަނީ ވައިގެ ދަތުރުފަތުރާ ބެހޭގޮތުން ހެދިފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެތެރެއިން، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުޢާހަދާތަކުގެ ދަށުން، ފްލައިޓް އޮޕަރޭޝަންސް ގެދާއިރާއިން ހަދަންޖެހޭ ގަވާއިދުތައް ހަދައި، އެ މުޢާހަދާތަކުގެ ދަށުން ދިވެހިރާއްޖެއިން ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން، ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އެހީތެރިވެ އަދި ސެކްޝަންގެ އިސްވެރިޔާއަށް ލަފާދިނުންޤަވާއިދުތަކާ 'ވަގުތީގޮތުން' އެއްކިބާވުމައްޓަކާ (އެގްޒެމްޕްޝަން ކޮންސެޝަން ފަދަ) އެދި ހުށަހަޅާހުށަހެޅުންތައް މުތާލިޔާކޮށް މިކަމުގައި ގޮތެއް ނިންމުމައްޓަކައި އެހީތެރިވެދިނުންފްލައިޓް އޮޕަރޭޝަންސް ސެކްޝަންގެ މަސައްކަތްތަކާ ގުޅިގެން ދޫކުރެވޭ ހުއްދަތަކާ، ލައިސަންސް، އެގްޒެމްޕްޝަން، އެޕްރޫވަލް، އޯޑިޓް ތަކާގުޅޭ އެންމެހާ ރެކޯޑްތަކާ ލިޔެކިއުންތަކުގެ ޑޭޓާބޭސް ބެލެެހެއްޓުންދިވެހިރާއްޖޭއާ ބޭރުގެފަރާތްތަކާ ގުޅިގެން ފްލައިޓް އޮޕަރޭޝަންގެ ދާއިރާއިން ހިންގާ މަޝްރޫޢުތަކާ، ޕްރޮގްރާމްތައް ވިލަރެސްކުރުން އަދި ސެކްޝަން ތަރައްޤީ އަށްޓަކައި މަސައްކަތްކުރުންސެކްޝަންގެ އިސްވެރިޔާގެ ލަފާގެ މަތީން ދިވެހިރާއްޖޭގެ މަދަނީވައިގެދަތުރުފަތުރާބެހޭ ގާނޫނާއި އަދި އޭގެދަށުން ހަދާ ޤަވާޢިދު ތަކާއި އެއްގޮތްވާ ގޮތުގެ މަތިން ފްލައިޓް އޮޕަރޭޝަން ސެކްޝަން ގެ މަސައްކަތްތައް ރާވާ ހިންގުން އަދި، ސެކްޝަން ހިންގުމަށް ބޭނުންވާ 'ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރސް' އެކުލަވާލައި، މުރާޖާކޮށް ބެލެހެއްޓުންސޭފްޓީ މެނޭޖްމަންޓް ސިސްޓަމްސް (SMS) އާއިބެހޭ ލިޔެކިޔުންތަކާއި މަރުކަޒުތައް ބަލާ، މުތާލިޔާކޮށް އެޕުރޫވް ކޮށް ބެލެހެއްޓުން"ފޮރިންގ އެއާ އޮޕަރޭޓަރ ސަރވައިލަންެސް" ގެ ދަށުން ހަދަންޖެހޭ އިންސްޕެކްޝަންސް ހެދުންޑެސިގްނޭޓެޑް ޗެކް ޕައިލޮޓު މެނުއަލްގައި ވާގޮތުގެ މަތިން ޕައިލޮޓުންގެ ޗެކްތައް ހެދުމާއި ހުއްދަ ދިނުންދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަރުތުގެ ދެމެހެއްޓެނިވި ތަރައްގީއާ ގުޅުންހުރި އާކަންތައްތަކަށް ހުއްދަދިނުމުގެ ގޮތުން ޤަވާޢިދުތައް ހެދުމާއި، އެކަމަށް އެދޭފަރާތްތަކަށް ފުރުސަތު ތަނަވަސް ކޮށްދިނުން | 
| ހުށަހަޅަންޖެހޭ ލިޔުން: | 
ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (https://www.caa.gov.mv/forms) ލިބެން ހުންނާނެ)ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރުލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ   -  ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އޮފީހެއްގެ ތަފާތު މަޤާމުތަކުގައި އަދާކޮށްފައިވީ ނަމަވެސް) ވަކި ވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން   5. 3 މަސްނުވާ ޕޮލިސް ރިޕޯޓް | 
| އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން: | 30 މާރިޗު 2025 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އީމެއިލް: [email protected] އަށް | 
| އިންޓަރވިއު ކުރުން: | އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. | 
| ނޯޓް: | 
ގިނަ ވަގުތުގައި މަސައްކަތް ކުރެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތަށް އެންގޭނެއެވެ.ވަޒީފާއަށް އެދި ހުށަހަޅުއްވާ ހުރިހާ ލިޔުމެއްވެސް ހުންނަންވާނީ PDF ފޯމެޓުގައެވެ.ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުން މި މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އިވެލުއޭޝަން މަސައްކަތްތައް ކުރިއަށް ދާނީ 6 އޭޕްރީލް 2025 އިން ފެށިގެންކަމުގައި ދަންނަވަމެވެ. |