| 1-      ބަންދާމެދު ގޮތެއް ނިންމުމަށް ހުށަހެޅޭ މީހުންގެ ފޯމުތައް ދުވަހުން ދުވަހަށް ކޮމްޕިއުޓަރަށް އެންޓާކުރުން. 2-      ރަސްމީގަޑީގައާއި އަދި ނުރަސްމީ ގަޑިތަކުގައި ކޯޓު އަމުރުގެ މަސައްކަތް ކުރިއަށް ގެންދިޔުން. 3-      މުއްދަތު މަޖިލިސް ފެށުމުގެ ކުރިން ޕޮލިހުން ފޮނުވާ ލިސްޓުގައިވާ މީހުންގެ ތެރެއިން މީހެއްގެ މައްސަލައެއް އޮތްތޯ ނެތްތޯ ބަލައި ޗެކުކުރުން. 4-      މުއްދަތު މަޖިލިސްތައް ކުރިއަށްގެންދިއުމަށް އެންމެހާ އިދާރީ މަސައްކަތްތައް ކުރުން. 5-      ސެކްޝަނުންކުރާ މަސައްކަތުގެ ތަފާސް ހިސާބު ހަދާ، ކޮންމެ މަހެއް ނިމުމުން ތަފާސް ކަމާއިބެހޭ ފަރާތްތަކާ ހިއްސާކުރުން. 6-       ސެކްޝަނަށް ހުށަހެޅޭ އެންމެހާ ސިޓީތަކުގެ ޖަވާބުދިނުންމުގެ މަސައްކަތްކުރުން. 7-      މުއްދަތު މަރުޙަލާގައި ހުށަހަޅާ ސިޓީތަކަށް ލަސްނުކޮށް ޖަވާބުދިނުން. 8-       ތަޙުޤީޤު މަރުޙަލާގައި ޕާސްޕޯޓު ހިފެހެއްޓޭ މީހުންނާ، ޕާސްޕޯޓު ދޫކުރުމުގެ ގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން. 9-       ޝަރީޢަތް ނިމެންދެން ބަންދުގައިތިބޭ މީހުންގެ މައުލޫމާތު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުން. 10-  ކަފާލާތުގެ ދަށުން ކޯޓުގައި ބެހެއްޓޭ ފައިސާއާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން. 11-   ސެކްޝަންގެ މަސައްކަތް ކުރުމަށް ބޭނުންކުރާ ފޮތްތަކާއި ފައިލުތައް ތައްޔާރުކޮށް ބެލެހެއްޓުން. 12-  ސެކްޝަންގެ އެންމެހާ ލިޔުންތައް ސްކޭންކޮށް ފައިލްކުރުން. 13-  ކޯޓަށް ހުށަހެޅޭ މައްސަލަތައް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިން ސެކްޝަންތަކާ ޙަވާލުކުރުމުގެ އެންމެހާ މަސައްކަތްކުރުން. 14-  ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން އެކި އެކި އިދާރާ ތަކުން ސާފުކުރަން ބޭނުންވާ މަޢުލޫމާތުތައް ސާފުކޮށްދިނުން. 15-  އެކިއެކި ފަރާތްތަކާއިއެކު ބާއްވާ ބައްދަލުވުންތައް އިންތިޒާމްކުރުމާއި، ބައްދަލުވުންތަކާ ގުޅިގެން އެފަރާތްތަކަށް ފޮނުވަންޖެހޭ އެންމެހާ ލިޔުންތައް ފޮނުވުމާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ބައްދަލުވުންތަކުގެ ޙާޟިރީއާއި ރެކޯޑު ބެލެހެއްޓުމާއި، އެލިޔެކިއުންތައް ސްކޭންކުރުމަށްފަހު ފައިލްކޮށް ބެލެހެއްޓުން. 16-  ޤާޟީންގެ މަޖިލީހުގެ އެޖެންޑާ ތައްޔާރުކޮށް، އެބައްދަލުވުންތައް އިންތިޒާމްކުރުން.   |