ދިވެހިރާއްޖެ
ނަންބަރު : (IUL)ASMH-Procure/ASMH/2025/07
އިޢުލާން
ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ފޮޅައި ސާފްކޮށްދޭނެ ފަރާތެއް ހޯދުން
ހޮސްޕިޓަލުން ދޭ މައުލޫމާތާއި އެއްގޮތަށް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ހޮސްޕިޓަލުގެ އިމާރާތްތަކާއި ގޯތިތެރެ ފޮޅައި ސާފްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރިއަށް ދާނީ 10 މާރިޗް 2025 އިން 13 މާރިޗް 2025 ވަނަދުވަހުގެ 13:00 ހޮސްޕިޓަލްގެ އީމެއިލް އެޑްރެސް [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލްކޮށް ނުވަތަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެންރެޖިސްޓްރޭޝަން ފޯމްހުށަހަޅުއްވައިގެންނެވެ. ރެޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުން: 19 މާރިޗް 2025، ހެނދުނު 10:00 ގެ ކުރިން [email protected] އަށް މެއިލްކޮށްގެން ނުވަތަ ރަސްމީ ގަޑީގައި 6841971 / 6845161 ނަންބަރ ފޯނަށް ގުޅުއްވައިގެން.
އަންދާސީ ހިސާބް ހުށަހެޅުން: 20 މާރިޗް 2025، 10:00އަށް
ތަން: ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ)