ބީލަން
ނަންބަރު: (IUL)330-B/330/2025/22
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 12:58
ސުންގަޑި:
17 މާރިޗު 2025 11:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކ.ކާށިދޫ ޤަބުރުސްތާން އަދި ނިޢުމާ މިސްކިތް ގޯތިތެރެ ނޮޅާ ސާފުކޮށް ފަރާތެއް ހޯދުމަށް ކޮށްފައިވާ 08 ވަނަ ނަންބަރު އިޢުލާނު ބާތިލު ކުރުމަށްފަހު އަލުން އިޢުލާން ކުރުން
މިރަށު ޤަބްރުސްތާނުގައި ރާނާފައިވާ ވަށާފާރުގެ އެތެރެ އަދި ނިޢުމާ މިސްކިތުގެ ގޯތިތެރެ މިހިނގާ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަދުވަހުގެ ނިޔަލަށް، ކޮންމެ ތިންމަހަކުން ދެފަހަރު ނޮޅާ ސާފުކޮށްދޭނެ ފަރާތެއް ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 2024/19)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމުގެ ސުންގަޑިއަކީ 10 މާރޗް 2025 ވާ ހޯމަދުވަހުގެ 12:00 ގެ ނިޔަލަށެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރިހަމަކުރައްވާ، 200.00 (ދުވިސައްތަ) ރުފިޔާ ދެއްކުމުން ބީލަމުގައި ރަޖިސްޓްރީ ކުރެވުނު ކަމުގެ ލިޔުން އެފަރާތަކަށް ހަވާލުކުރެވޭނެއެވެ.
- މި ބީލަމާއި ގުޅިގެން މަޢުލޫމާތު ދިނުން އޮންނާނީ 11 މާރޗް 2025 ވާ އަންގާރަ ދުވަހުގެ 11:00ގައި މާލެއަތޮޅު ކާށިދޫ ކައުންސިލް އިދާރާގެ މީޓީން ރޫމްގައެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ކެނޑުން އޮންނާނީ 17 މާރޗް 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި މާލެއަތޮޅު ކާށިދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.
- ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
- އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ 6640496 ނަންބަރު ފޯނަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.
06 މާރިޗު 2025