| 
 މަޤާމު 
 | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ 
 | 
| 
 މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން 
 | 
 ޖީ އެސް4 (ޖެނެރަލް ސާރވިސް 2) / އޮފިސަރ ގްރޭޑް 2 
 | 
| 
 ބޭނުންވާ އަދަދު 
 | 
 01 
 | 
| 
 ވަޒިފާ އަދާ ކުރަންޖެހޭ ރަށް/ އޮފީހާއި، ސެކްޝަން 
 | 
 މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ/ އެޑްމިން، އެޗް.އާރަ ޔުނިޓް، ކ. މާލެ 
 | 
| 
 މަޤާމު ނަންބަރު 
 | 
 253207 
 | 
| 
 މުސާރައާއި އިނާޔަތްތައް 
 | 
- މުސާރަ: -/5020ރ
 
- ސަރވިސް އެލަވަންސް: -/1500ރ
 
- ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
 
 
(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ) 
 | 
| 
 ޝަރުޠު 
 | 
 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު: 
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
 
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުން، ނުވަތަ
 
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިންދަށްވެގެން 'ޑީ' ގްރޭޑްލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
 
 
 | 
| 
 މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް 
 | 
- ފައިސާ ފިޔަވައި އޮފީހަށް ލިބޭ ތަކެތި ބަލައިގަތުމާއި އޮފީހުން ޙަވާލުކުރަންޖެހޭ ތަކެތި ޙަވާލުކުރުން.
 
- އޮފީހަށް އަންނަ ޓެލެފޯން ކޯލްތަކަށް ޖަވާބުދިނުން.
 
- އޮފީހުން ފޮނުވޭ ލިޔެކިޔުންތަކާއި، އަންނަ ލިޔެކިޔުންތައް މާސްޓަރ ފައިލްގައި ފައިލްކޮށް ބެލެހެއްޓުން.
 
- އޮފީހަށް ލިބޭ ލިޔެކިޔުން (ސިޓީ/ފެކްސް) ބަލައިގަނެ، އީ-ގަވަރމަންޓް ނިޒާމްގެ ތެރެއިން ކަމާބެހޭ ވެރިޔަކަށް ފޮނުވުން.
 
- އީ-ގަވަރމަންޓް ނިޒާމް ހިންގުމަށް ބޭނުންވާ އެޑްމިނިސްޓްރޭޓިވް ސަޕޯޓް ދިނުން.
 
- އޮފީހުގެ ޑިސްޕެޗް ކުރެވޭ ސިޓީތަކުގެ ރިކޯޑް ބެލެހެއްޓުން.
 
- ސެކްޝަނަށް އަންނަ ލިޔެކިޔުންތަކަށް ޖަވާބު ތައްޔާރުކޮށް ފޮނުވުން.
 
- އޮފީހުގެ ސްޓޮކް ބެލެހެއްޓުން
 
- އަލަށް ވަޒީފާއަށް ނުކުންނަ ފަރާތްތަކަށް ބޭނުންވާ ޖާގައާއި، ގޮނޑި، މޭޒު އަދި ކޮމްޕިއުޓަރާއި ޓެލެފޯން ކަމާބެހޭ ސެކްޝަންތައް މެދުވެރިކޮށް ހޯދުން.
 
- އޮފީހުގެ ޔައުމިއްޔާއަށް ބޭނުންވާ މަޢުލޫމާތު ސެކްޝަންތަކުން ހޯދައި، ލިޔެ ބެލެހެއްޓުން.
 
- ވަކި ސެކްޝަނަކާއި ޙަވާލުކުރެވިފައިނެތް އިދާރީ އެންމެހާ ކަންތައްތައް ކުރުމާއި، ބެލެހެއްޓުން.
 
- ސެކްޝަންގެ މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ މަސައްކަތަށް ދަތިވާނަމަ، އެމުވައްޒަފަކު ކުރާ މަސައްކަތްތަކުގެ ތެރެއިން ވަކި ގަޑިއަކަށް ނިންމަން ޙަވާލުކުރާ މަސައްކަތްތައް ކުރުން.
 
- މީގެ އިތުރުން ސެކްޝަނުން ހަވާލުކުރާ ވަޒީފާގެ ދާއިރާއާއި ގުޅުންހުރި މަސައްކަތްތައްކުރުން.
 
 
 | 
| 
 އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮތޯރިޓީގެ ނަންބަރު 3004265 އަށް ގުޅުއްވުން އެދެމެވެ. 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް: 
ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން. 
 | 
- ސުންގަޑި: 20 އޮގަސްޓު 2015ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން  
 
- އިންޓަރވިއު ބޭއްވޭނެ މުއްދަތު: އޯގަސްޓު މަހުގެ ތެރޭގައި މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ/ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވޭނެއެވެ.
 
 
 | 
| 
 ހުށަހަޅަންޖެހޭ ތަކެތި:  
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއިންނެވެ. އަދި  މިއޮތޯރިޓީގެ(http://www.surveyofmaldives.gov.mv) ވެބްސައިޓުން ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑް ކުރެވޭނެއެވެ. )
 
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
 
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ މުއްދަތު އެނގޭގޮތަށް އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
 
- ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް (މުއްދަތު އެނގޭ ގޮތަށް)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.(ސީވީ)
 
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
 
- ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތަކާއި އަދި ސީވީ ފިޔަވައި އެޕްލިކޭޝަން ފޯމާއާއެކު ހުށަހަޅާ ހުރިހާ ލިޔުންތަކުގެ ކޮޕީ.
 
 
މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ. 
 | 
| 
 21ޝައްވާލް 1436 
 |