ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)227-AD-BD/227/2025/5
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 12:58
ސުންގަޑި: 06 އެޕްރީލް 2025 14:00
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.އަތޮޅުކައުންސިލާއި ގުޅިގެން ށ.އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލުން

އިޢުލާން

ށ.އަތޮޅުކައުންސިލާއި ގުޅިގެން ށ.އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުން  ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލުން

ށ.އަތޮޅުގެ ރަށްރަށުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުން ށ.އަތޮޅުކައުންސިލާއި ގުޅިގެން އިޖުތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި، ޕްރޮޕޯސަލް ހުށަހެޅުމަށް މިއަދުން ފެށިގެންވަނީ ހުޅުވާލެވިފައެވެ. ށ.އަތޮޅު ކައުންސިލުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ލަނޑުދަނޑިތަކާއި ގުޅޭ އަދި މުޖުތަމަޢު ބާރުވެރިކުރުމަށާއި، އިޖުތިމާޢީ ތަރައްޤީއަށް އަދި އިޖުތީމާޢީ ރޫޙް އާލާކޮށް ދިރުވުމަށް ހިންގޭ ޕްރޮގްރާމްތަކަށެވެ.

"މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް އެހީދިނުމުގެ ޤަވާއިދު" އާއި، ޕްރޮގްރާމްތަކުގެ ޕްރޮޕޯސަލްގައި ހިމަނަންޖެހޭ މަޢުލޫމާތާއި ލިޔެކިޔުންތައް އަދި ޕްރޮޕޯސަލް އިވެލުއޭޝަން ކްރައިޓީރިއާ މި އިއުލާނާއިއެކު ޝާއިޢު ކުރެވިފައިވާނެއެވެ.

05 މާރިޗު 2025