ޢާންމު މަޢުލޫމާތު
ނަންބަރު: GS-85/IUL/2025/05
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 12:58
ސުންގަޑި: 10 މާރިޗު 2025 13:00
މަދްރަސަތުއްޞަބާޙް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ބޭނުންވެއްޖެ

ނަންބަރު:GS-85/IUL/2025/05

އިޢުލާން

 

24 ފެބްރުއަރީ 2025 ގައި ފިއްލަދޫ ސްކޫލްގެ ސެކިއުރިޓީ 31 ޑިސެމްބަރ 2025 ގެ ނިޔަލަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނު GS-85/IUL/2025/03 ނަންބަރު ބާތިލްކޮށް އަލުން އިޢުލާން ކުރުން

24 ފެބްރުއަރީ 2025 ގައި ފިއްލަދޫ ސްކޫލްގެ ސެކިއުރިޓީ 31 ޑިސެމްބަރ 2025 ގެ ނިޔަލަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނު GS-85/IUL/2025/03 ބާތިލްކޮށް އަލުން މި ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

މި ހިދުމަތް ފޯރުކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 04 މާރިޗު 2025 ން 10 މާރިޗު  2025 ގެ 13:00 ގެ ކުރިން މިސްކޫލަށް ވަޑައިގެން ނުވަތަ ފޯނުން ގުޅައިގެން ނުވަތަ މިސްކޫލްގެ އީމެއިލް މެދުވެރިކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޤާނޫނު ނަންބަރު: 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ.

މިކަމަށް އެދި ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައިގައެވެ. ސިޓީއުރައިގެ ބޭރުގައި "2025 ވަނަ އަހަރު ފިއްލަދޫ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯން ނަމްބަރ ސިޓީ އުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމާއި ހުޅުވުން އޮންނާނީ 11 މާރިޗު 2025 ވާ އަންގާރަ ދުވަހުގެ 11:00 ގައި ފިއްލަދޫ ސްކޫލްގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށާއި ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. އަދި ބަދަލުގައި އަންނަފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މި ޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް މި އިޢުލާނާއިއެކު އެޓޭޗްކުރެވިފައި ވާނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށާއި ރަޖިސްޓްރީ ކުރެއްވުމަށް ގުޅުއްވާނީ 6500536 ނަންބަރު ފޯނާއެވެ.  އީމެއިލް ކުރައްވާނީ [email protected] އަށެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 މާރިޗު 2025