ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)330-B/330/2025/21
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 12:46
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބައޯމެޓްރިކްސް އަޕްޑޭޓްނުކުރާ ބިދޭސީން ޑީޕޯޓްކުރުމާ ގުޅޭ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނަންބަރު (IUL)10-DOFL/10/2025/10 އިޢުލާނުގައިވާ ގޮތަށް ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ އެންމެހާ ބިދޭސީންގެ ބައޯމެޓްރިކްސް (ފިންގަރ ޕްރިންޓް އަދި ފޮޓޯ) އަޕްޑޭޓްކުރުމުގެ އެންމެ ފަހު ތާރީޚަކީ 2025 އޭޕްރިލް 20 ވަނަ ދުވަސްކަމުގައި ދަންނަވަމެވެ. އަދި މި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ބިދޭސީން ދިވެހިރާއްޖެއިން ޑީޕޯޓްކޮށްލެވޭނެކަމުގައި ދެންނެވީމެވެ. ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
04 މާރިޗު 2025