ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-EDS/304/2025/40
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 12 މާރިޗު 2025 13:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލިނޫރު މަދަހަ މުބާރާތް 1446

1446 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު، ރ.ދުވާފަރު އަންހެނުންގެ ތަރއްޤީއަށް މަސައްކަތްކުރާ ކޮމިޓީން ބާއްވަން ހަމަޖެހިފައިވާ އަލިނޫރު މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

މި މުބާރާތް ކުރިޔަށް ދާނީ 2 ބަޔަކަށްށެވެ. އެއީ އިންފިރާދީ އަދި ގްރޫޕް މަދަހަ އެވެ. ޖުމްލަ 4 އުމުރުފުރާ ހިމެނޭނެއެވެ. އުމުރުފުރާ ކަނޑައެޅުމުގައި ބަލާނީ 01 ޖަނަވަރީ 2025 އަށް ބައިވެރިޔާއަށް ފުރޭ އަހަރަށެވެ.

އުމުރުފުރާތައް

16 އަހަރާއި 18 އަހަރު

19 އަހަރާއި 25 އަހަރު

26 އަހަރާއި 35 އަހަރު

36 އަހަރުން މަތި

 

މިމުބާރާތުގައި ބައިވެރިވާން ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ރ.ދުވާފަރު ކައުންސިލް އިދާރާއަށެވެ. މިމުބާރާތުގެ އުޞޫލް ގެޒެޓް ކުރެވޭނެ ވާހަކަ ދަންނަވަމެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ލިބިވަޑައިގަންނަވާނީ ރ.ދުވާފަރު ކައުންސިލް އިދާރާގެ ކައުންޓަރުންނެވެ. ފޯމް ބަލައިގަންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން މެންދުރު 12:30 އަށް ކަމުގައި ދަންނަވަމެވެ.

މި މުބާރާތުގެ ބައިވެރިވުމުގެ އެންމެ ފަހު ތާރީޚައަކީ 12 މާރޗް 2025 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށްށެވެ  .

03 ރަމަޟާން 1445

03 މާރިޗު 2025