ދިވެހިރާއްޖެ
ފިޠުރުޒަކާތް ބަލައިގަތުމާގުޅޭ
1446 ވަނަ އަހަރުގެ ފިޠުރުޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 01 ރަމަޟާން 1446 ވަނަ ދުވަހުން ފެށިގެން 27 ރަމަޟާން 1446 ވަނަ ދުވަހުގެ ހެނދުނު 06:00 އާ ހަމައަށް ތިރީގައި ބަޔާންކޮށްފައިވާ މުއައްސަސާތައް މެދުވެރިކޮށެވެ.
# |
އިދާރާ / މުއައްސަސާ |
ޒަކާތް ދެއްކޭނެ ގޮތް |
|
1 |
ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) |
ދިރާގު އެޕް / ދިރާގު ޕޭ (ވެބްސައިޓް) |
އެސް.އެމް.އެސް |
2 |
އުރީދޫ |
އެމް ފައިސާ (އެޕްލިކޭޝަން) |
އެސް.އެމް.އެސް |
3 |
މޯލްޑިވްސް އިސްލާމިކް ބޭންކު |
ފައިސާ މޮބައިލް އެކްސް (އެޕްލިކޭޝަން) |
ފައިސާ ނެޓް |
4 |
ބޭންކް އޮފް މޯލްޑިވްސް |
ބީއެމްއެލް މޯބައިލް (އެޕްލިކޭޝަން) |
ވެބްސައިޓް |
5 |
ފަހިޕޭ |
ފަހިޕޭ (އެޕްލިކޭޝަން) |
ވެބްސައިޓް |
6 |
މިނިސްޓްރީ އޮފް ފިނޭންސް |
ބަނޑޭރިޕޭ |
ވެބްސައިޓް / ޕޯޓަލް |
ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިޠުރުޒަކާތް ދެއްކޭނެއެވެ.
އަދި މީގެ އިތުރުން އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި، އޮންލައިކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ޙާއްޞަކޮށްގެން ކައުންސިލް އިދާރާގައި ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތުތައް ތިރީގައި އެވަނީއެވެ.
# |
ތާރީޙް |
ދުވަސް |
ގަޑި |
1 |
03 މާރިޗު 2025 – 20 މާރިޗު 2025 |
ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު |
09:00 ން 11:30 އަށް |
އަދި ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުން، އޮންލައިން ޕްލެޓްފޯމް ތަކުން ޒަކާތް ދެއްކެވުމަށް އިލްތިމާސްކުރަމެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު
# |
ބާވަތް |
ފައިސާގެ ޢަދަދު |
1 |
އާދައިގެ ހަނޑޫ |
12 ރުފިޔާ |
2 |
ތައިލެންޑް ހުދު ހަނޑޫ |
62 ރުފިޔާ |
3 |
ރަތް ހަނޑޫ |
86 ރުފިޔާ |
4 |
ބާސްމަތީ ހަނޑޫ (އާދައިގެ) |
74 ރުފިޔާ |
5 |
ބާސްމަތީ ހަނޑޫ (މޮޅު) |
100 ރުފިޔާ |
6 |
ބާސްމަތީ ހަނޑޫ (އެންމެ މޮޅު) |
133 ރުފިޔާ |
7 |
އާދައިގެ ފުށް |
10 ރުފިޔާ |
8 |
އާޓާ ފުށް |
75 ރުފިޔާ |
ވީމާ، މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ.
03 މާރިޗު 2025
03 ރަމަޟާން 1446