ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
( ޕްރޮޖެކްޓް ނަންބަރު: TES/2025/G-001)
1. މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ޑިޒައިން، ބިލްޑް، ފައިނޭންސް، އޯން، އޮޕަރޭޓް އަދި ޓްރާންސްފަރ އުސޫލުން 100 މެގަވޮޓް އާއި 150 މެގަވޮޓް އާ ދެމެދުގެ ސޯލަރ ޕީވީ ހަކަތަ އުފައްދާ ޕްލާންޓެއް ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޝާއިއުކޮށްފައިވާ ނަންބަރު (IUL)13-K/13/2025/21 (09 ފެބުރުވަރީ 2025) "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ގެ މުއްދަތު އިތުރުކުރުމަށް ވަނީ ނިންމާފައެވެ. އެއީ މިހާތަނަށް ގިނަ އަދަދެއްގެ ސުވާލުތަކެއް މި މިނިސްޓްރީއަށް ހުށަހަޅާފައިވާތީ އެ ސުވާލުތަކަށް ފުރިހަމަޔަށް ޖަވާބުދާރީ ވުމާއެކު، ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމަށް އެކަށީގެންވާ ވަގުތުދިނުމަށެވެ.
2. މި މަސައްކަތުގެ މަޤްޞަދަކީ ގްރޭޓަރ މާލެ ސަރަހައްދުގައި 100 މެގަވޯޓް އިން 150 މެގަވޯޓަށް ސޯލާ މަޝްރޫޢުއެއް ހިންގުމެވެ. މި މަޝްރޫޢު އަކީ ސޯލާ ޕީވީ ސަޕްލައި އަދި ގްރިޑްގެ ޑިމާންޑް ހަމަހަމަކުރުމަށް ބެޓަރީ ސްޓޯރޭޖް ސިސްޓަމެއް ހިމެނޭގޮތަށް ކުރިއަށް ގެންދެވޭ މަސައްކަތެކެވެ. މި މަސައްކަތުގެ ތެރޭގައި މި ވަސީލަތް ޑިޒައިންކުރުމާއި، ފައިނޭންސްކުރުމާއި، އިމާރާތްކުރުމާއި، ހިންގުމާއި އަދި ބެލެހެއްޓުން ހިމެނޭނެއެވެ.
3. މިމަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ މަޝްރޫޢުގެ މަޢުލޫމާތު ކަރުދާސް މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 10 ފެބަރުވަރީ 2025 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިމަސައްކަތާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ޝައުޤުވެރިކަން ފާޅުކުރާ ފަރާތުގެ ޒިންމާއެކެވެ.
4. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 4 މާރިޗު 2025ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
5. ވީމާ، މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 މާރިޗު 2025 ވާ ބުރާސްފަތި ދުވަހު 13:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
ފާޠިމަތު ރިޝްފާ އަޙުމަދު،
ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް،
ނެޝަނަލް ޓެންޑަރ ޑިޕާޓްމަންޓް،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ،
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން : +960 3349117, +960 3349106, +960 3349147
އީމެއިލް : [email protected]
ކޮޕީ : [email protected]