މަސައްކަތް
                	
                ނަންބަރު: (IUL)450-CA/450/2025/11
                    ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2025
                    ޕަބްލިޝްކުރި ގަޑި:  14:47
                                            ސުންގަޑި: 
                            06 މާރިޗު 2025 11:30
                        
                    
                ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ޤާނޫނު ނަންބަރު: 7/2010 އިނގިރޭސި ބަހަށް ތަރުޖަމާކޮށްދޭނެ ފަރާތެއް ހޯދުން
                                އިޢުލާން
މި އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން، ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އާއި، މި ޤާނޫނަށް މިހާތަނަށް ގެނެވިފައިވާ އިޞްލާޙުތައް، ދިވެހި ބަހުން އިނގިރޭސި ބަހަށް ތަރުޖަމާކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މި އިޢުލާނާއެކު ޝާއިޢު ކޮށްފައިވާ ކަރުދާހުގައި ހިމެނޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި މަސައްކަތާ ގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ، 2025 މާރިޗު 4 ވަނަ ދުވަހުގެ 10:00 ގެ ކުރިން މި އޮތޯރިޓީގެ [email protected] އަށް އީމެއިލް މެދުވެރިކޮށް ލިޔުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވުން
- ތާރީޚު: 6 މާރިޗު 2025 (ބުރާސްފަތި)
 - ގަޑި: މެންދުރު ކުރި 11:30 އަށް
 - ތަން: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (4 ވަނަ ފަންގިފިލާ، ގ. މާގަހާ، ބުރުޒު މަގު، މާލެ)
 - އިތުރު މަޢުލޫމާތު:
- ގަޑިއަށް ހާޒިރު ނުވާ ފަރާތްތައް ބިޑުގައި ބައިވެރި ނުކުރެވޭނެއެވެ.
 - އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ އެންމެހާ ބޭފުޅުންގެ ކުރިމަތީގައި ސިޓީއުރަ ކަނޑައި، ހުށަހަޅާފައިވާ އަގުތައް ޙިއްޞާކުރެވޭނެއެވެ.
 
 
                24 ފެބުރުވަރީ 2025