ޢާންމު މަޢުލޫމާތު
ނަންބަރު: GS-85/IUL/2025/03
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 13:44
ސުންގަޑި: 02 މާރިޗު 2025 13:00
މަދްރަސަތުއްޞަބާޙް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

31 ޑިސެމްބަރ 2025  ގެ ނިޔަލަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

31 ޑިސެމްބަރ 2025ގެ ނިޔަލަށް މި ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމުގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

މި ހިދުމަތް ފޯރުކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 24 ފެބްރުއަރީ 2025 ން 02 މާރިޗް 2025 ގެ 13:00 ގެ ކުރިން މިސްކޫލަށް ވަޑައިގެން ނުވަތަ ފޯނުން ގުޅައިގެން ނުވަތަ މިސްކޫލްގެ އީމެއިލް މެދުވެރިކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށައެޅޭނީ ޤާނޫނު ނަންބަރު: 18/2014 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޤާނޫނު ނަންބަރު: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ.

މިކަމަށް އެދި ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައިގައެވެ. ސިޓީއުރައިގެ ބޭރުގައި "2025 ވަނަ އަހަރު ފިއްލަދޫ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން ހުށައަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯން ނަމްބަރ ސިޓީ އުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމާއި ހުޅުވުން އޮންނާނީ 03 މާރިޗް 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި ފިއްލަދޫ ސްކޫލްގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށާއި ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. އަދި ބަދަލުގައި އަންނަފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މި ޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް މި އިޢުލާނާއިއެކު އެޓޭޗްކުރެވިފައި ވާނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށާއި ރަޖިސްޓްރީ ކުރެއްވުމަށް ގުޅުއްވާނީ 6500536 ނަންބަރު ފޯނާއެވެ.  އީމެއިލް ކުރައްވާނީ [email protected] އަށެވެ.

24 ފެބުރުވަރީ 2025