ދިވެހިރާއްޖެ
ފޯސީޒަން (ލަނޑާގިރާވަރު) ރިސޯޓްގެ ފަރާތުން މިރަށުގައި ޢިމާރާތްކޮށް މިރަށުގެ ރައްޔިތުންނަށް ހަދިޔާކޮށްދެއްވާފައިވާ ޓަރޓްލް ސްޓޭޑިއަމްގައި ކުރަންހުރި ބައެއް މަރާމާތުތައް ކުރުމަށް ކުރި މިއިދާރާގެ ނަންބަރު IUL)321/321/2015/40)އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުތައް ފުރިހަމަނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.
ވީމާ، މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
- 56 ތަނބުގައި 18x12x6 އިންޗީގެ ތަނބު އެޅުމަށް ފާރުކަނޑައި ކުރަކިކުރުން
- 56 ތަނބުގައި 18x12x6 އިންޗީގެ ތަނބު ކޮންކްރީޓް ކުރުން
- 56 ތަނބުގެ ބުޑުގައި ކޮންކްރީޓް އެޅުނުބައިގައި ކުލަލުން
- 56 ކޮންކްރީޓް ބުޑުގައި ސިމެންތި ޖަހައި އެއްވަރުކޮށް ދާރަތައް ހެދުން
އަންދާސީހިސާބު ހުށަހަޅުއްވާއިރު މަސައްކަތްތަކަށް ވަކިން އަގު އެނގޭގޮތަށް ތައްޔާރުކޮށް ޖުމްލަ އަގު ހުށަހެޅުއްވުން އެދެމެވެ. ބީލަމާބެހޭ ލިޔެކިޔުންތައް ފުރިހަމަނުކުރާނަމަ ބީލަން ބާޠިލުކުރެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ކުރާ އެއްވެސް މުޢާމަލާތެއް ބަލައެއްނުގަނެވޭނެއެވެ. މަޢުލޫމާތުދޭގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާކޮންމެ ބޭފުޅަކަށްވެސް އެއްފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި އިދާރާގެ މީޓިންގރޫމުގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ފަރުދުންނަށް ބައިވެރިވެވޭނީ އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ. 
* މާކްސް ދެވޭނެ އުސޫލު
| ފޯމިއުލާ | ތަފުސީލު | މާކްސް ދެވޭ ގޮތް | މާކްސްދެވޭ ކްރައިޓީރިއާ | 
| (Benchmark Price / Submitted Price) x Allocated Percentage | 
 | 80% | އަގު | 
| ( Submitted years of experience / Benchmark years ) x Allocated Percentage | 
 | 15% | މުއްދަތު | 
| (Profile marks / Benchmark Profile marks) x Allocated Percentage | 
 | 05% | ތަޖުރިބާ | 
19 ޝައްވާލު 1436