ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415/415/2025/50
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ސިޓީގެ ތާރައަޅާފައިވާ މަގުތަކުގެ ތާރަ ކެނޑުމުގެ ހުއްދައާއި ގުޅޭ،

އިޢުލާން

 ތިނަދޫ ސިޓީގެ ތާރައަޅާފައިވާ މަގުތަކުގެ ތާރަ ކެނޑުމުގެ ހުއްދައާއި ގުޅޭ،

           ތިނަދޫސިޓީގެ ތާރައެޅި މަގުތަކުގެ ތާރަ ކަނޑައި އަލުން އެތަންތަން އެގޮތަށް ހެދުމަކީ އޭގެޒާތުން ގޮންޖެހުންތައް ގިނަ ވަރަށްބޮޑުފަންނީ މަސައްކަތެކެވެ. އަދި އެކަން ސީދާއެގޮތަށް ކުރާނޭ ވަޞީލަތާއި އިންތިޒާމް އަދި މިސިޓީގައި ޤާއިމް ކުރެވިފައިނުވެއެވެ. ކަންމިހެން އޮތުމާވެސް އެކު މަގުތަކުގައި ތާރަ އެޅިފައިވަނީ ކަރަންޓާއި، ފެނާއި، ނަރުދަމާފަދަ އެމަގުތަކުގައި ވަޅުލެވިފައިވާ ތަކެއްޗާއި ގުޅުންހުރި ކަންކަމާއި، އަލުން ވަޅުލާންޖެހޭ ތަކެއްޗަށްވެސް ތާރަ ނުކަނޑައި ކުރެވޭނޭ ގޮތްގޮތަށް ބައެއް މުހިއްމު އިންތިޒާމްތައް ކޮށްގެންނެވެ. އެހެން ކަމުން މިވަގުތު އެފަދަ މަގުތަކުގެ ތާރަ ކެނޑުމަށްޓަކައި ޢާއްމު ފަރާތްތަކުން އެދިލައްވާ ކޮށްމެ އެދިލެއްވުމަކަށް ސީދާ އެދިލައްވާގޮތަށް ހުއްދަދިނުމަކީ މިއިދާރާއަށް ވަރަށް ދަތި ކަމެކެވެ. އަދި އެފަދަ ހުއްދަތައް އެދިލައްވާގޮތަށް ދެވެން ނެތްވާހަކަވެސް ހިތާމާއާއިއެކު ދަންނަވެމެވެ. އެހެންކަމުން އެފަދަ ކަމެއް ކުރައްވަން ޖެހިއްޖެނަމަ އެކަމެއް ދިމާވާ ފަރާތުން ފެނާއި، ކަރަންޓާއި، ނަރުދަމާފަދަ ކަމެއްނަމަ އެކަމަކާއި ގުޅުންހުރި ދައުލަތުގެ ކުންފުންޏަކާއި ނުވަތަ އިދާރާއެއް މެދުވެރިވެގެން އެކަން ކުރެވޭނެ އެއްމެ ރަނގަޅުގޮތް ހޯދުމަށްފަހު އެއިދާރާއަކާއި އަދި މިއިދާރާއާއި މަޝްވަރާކޮށްގެން އެކަމެއްގެ ޙައްލު ތާރަ ނުކަނޑައި ވާނޭގޮތަކުން ހޯދުމަށް މަސައްކަތްކުރެއްވުން އެދެމެވެ. 

              މިހެންވެ, މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                     20  ޝަޢުބާން  1446

19 ފެބުރުވަރީ 2025