ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)215-AS/1/2015/06
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 17:15
ސުންގަޑި: 20 އޮގަސްޓް 2015 14:00
ޕޮލިސް އިންޓެގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
ސީނިއަރ އައި.ޓީ. ޓެކްނީޝަން

ވަޒީފާގެ ފުރުޞަތު

މި ކޮމިޝަނަށް ތިރީގައިވާ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއެވެ.

މަޤާމު:

ސީނިއަރ އައި.ޓީ ޓެކްނީޝަން ގްރޭޑް 3

ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ، ގްރޭޑް-3 (ސިވިލް ސަރވިސްގެ ރޭންކް MS2)

ބޭނުންވާ އަދަދު:

01

އަސާސީ މުސާރަ:

-/7,200 ރުފިޔާ

ލިވިންގ އެލަވަންސް:

-/4,000 ރުފިޔާ

ނޮންޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިގެ %45

އެކު ޖުމްލަ:

-/14,440 ރުފިޔާ

ކޮމިޝަނުގެ މުވައްޒަފުންނަށް ލިބިދެވޭ އެހެނިހެން އިނާޔަތްތައް:

ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނުނު) ގައި ބަޔާންކޮށްފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ހަމަޖައްސައިދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

  • އައި.ޓީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއިއެކު މަދުވެގެން 2 އަހަރުދުވަހުގެ މިދާއިރާން މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • އައި.ޓީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ (ޑިޕްލޮމާ ސެޓްފިކެޓް) އޮތުމާއެކު 5 އަހަރުދުވަހު މި ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ކޮމިޝަނަށް ބޭނުންވާ އައިޓީ ސާމާނު ހޯދުމުގައި، ކޮމިޝަނުގެ ފައިނޭންސް ސެކްޝަނާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ކޮމިޝަނަށް ހޯދިފައިވާ އައިޓީ ސާމާނުގެ އިންވެންޓްރީ ބެލެހެއްޓުން.  
  2. މެމްބަރުންނާއި މުވައްޒަފުން ބޭނުންވެގެން އެދޭ އައިޓީ ސާމާނުގެ ބޭނުންތެރިކަން އިވެލިޔުއޭޓްކުރުމާއި ކޮމިޝަނުގެ މަސައްކަތަށް ބޭނުންވާ އައިޓީ ސާމާނުގެ ސްޕެސިފިކޭޝަންސް ކަނޑައެޅުން.
  3. ކޮމިޝަނަށް ބޭނުންވާ އައިޓީ ސާމާނު ހޯދުމުގެ ކުރިން އައިޓީ ސެކްޝަނުގެ ފަރާތުން ދޭންޖެހޭ އެޕްރޫވަލް ދިނުން
  4. ކޮމިޝަނުގައި ބޭނުންކުރާ ހާޑްވެއަރ އާއި ސޮފްޓްވެއަރއަކީ އެން.ސީ.އައި.ޓީގެ މިންގަނޑުތަކަށް ފެތޭ ތަކެތިކަން ކަށަވަރުކުރުން.
  5. ކޮމިޝަނުގެ ސަރވަރ އާއި ނެޓްވަރކް ބެލެހެއްޓުން.
  6. ކޮމިޝަނުގެ ވެބްސައިޓް ތައްޔާރުކުރުމާއި، އަޕްގްރޭޑް ކުރުމާއި މެއިންޓެއިން ކުރުން.
  7. ކޮންމެ އަހަރަކު ކުރިއަށް އޮންނަ އަހަރަށް ކޮމިޝަނަށް ބޭނުންވާނެކަމަށް ލަފާކުރެވޭ އައިޓީ ސާމާނާ ގުޅެގޮތުން އަހަރީ ބަޖެޓު ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
  8. ކޮމިޝަނުގެ މެމްބަރުންނާއި މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމަށް ފިންގަރޓެކް މެޝިން ބަހައްޓައި، މެޝިނާއި ގުޅޭކަންކަން ބެލެހެއްޓުމާއި މަހު ރިޕޯރޓް ހެދުމުގައި އެޗް.އާރް އަށް އެހީތެރިވެދިނުން
  9. ކޮމިޝަނުގެ މަސައްކަތަށް ބޭނުންވާ ސޮފްޓަވެއަރ (އެޗް.އާރ، ޑާޓާ މެނޭޖްމަންޓް ސިސްޓަމްފަދަ) ހޯދުމާއި ތައްޔާރުކުރުން.
  10. ކޮމިޝަނަށް ހޯދާ ހާޑްވެއަރ އާއި ސޮފްޓްވެއަރއާ ގުޅޭގޮތުން މެމްބަރުންނާއި މުވައްޒަފުންނަށް ހޭލުންތެރިކުރުވުމުގެ ޕްރޮގަރާމް ހިންގުން.
  11. ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުން
  12.  ފިނޭންސް ސެކްސަނުން، އެސް.އޭ.ޕީ. މެދުވެރިކޮށް ކުރަންޖެހޭ ކަންތައްތަކުގެތެރެއިން ޙަވާލުކުރެވޭ ރޯލު އަދާކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި ފޯމުގައިވާ ލިޔުންތައް.

(އެޕްލިކޭޝަން ފޯމު މިކޮމިޝަނުގެ ރިސެޕްޝަނުންނާއި ވެބްސައިޓް: www.pic.org.mv އިން ލިބެން ހުންނާނެއެވެ.)

ނޯޓް:

  • އެޕްލިކޭޝަން ފޯމު ހުށަހަޅާނީ ރަސްމީގަޑީގައި (08:00އިން 15:00އަށް) މި ކޮމިޝަނުގެ އިދާރާއަށެވެ.  
  • އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ބަލައިނުގަނެވޭނެ އެވެ.
  • ހުށަހަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަން ފޯމްތައް ޑިސްކޮލިފައި ކުރެވޭނެއެވެ. އަދި ޞައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން، ނުވަތަ ޝަރުޠު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެ ފަރާތެއްވެސް ޑިސްކޮލިފައި ކުރެވޭނެއެވެ.

ސުންގަޑި:

  • 2015 އޮގަސްޓު 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން،
  • ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް އެޕްލިކޭޝަނެއް ނުވަތަ ކުރިން ހުށަހަޅާފައިވާ އެޕްލިކޭޝަނުގެ ބައެއްވެސް ސުންގަޑީގެ ފަހުން ބަލައިނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ މަޤާމަށް ޝޯޓްލިސްކުރެވޭ ފަރާތްތަކުގެތެރެއިން ތަޢުލީމާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާކުސް ލިބޭ 15 ފަރާތަކަށެވެ.
  • އިންޓަވިއު ކުރެވޭ ފަރާތްތަކަށް ޕްރެކްޓިކަލް ޓެސްޓެއް ދެވޭނެއެވެ.
  • މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުއާއި ޕްރެކްޓިކަލް ޓެސްޓު ބޭއްވުމަށް ހަމަޖެހިފައިވަނީ 2015 ސެޕްޓެންބަރު 01 ން 08 އާ ދެމެދުއެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3001320 ފޯނާ ގުޅުއްވުން އެދެމެވެ.

21 ޝައްވާލް 1436

06 އޮގަސްޓް 2015