ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1. ޕްރޮޖެކްޓާ ބެހޭ މަޢުލޫމާތު:
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް މައި އޮފީހުގެ 3،2، އަދި 5 ވަނަ ފުލޯގައި މިހާރުހުރި ޑައިކިން VRV III އިންވަރޓަރ އެއަރކޮން ސިސްޓަމުގެ އައުޓްޑޯ ޔުނިޓްތަކާއި، މި އައުޓްޑޯ ތަކާއި ގުޅިފައިވާ އިންޑޯ ޔުނިޓްތައްނެގުމަށްފަހު، ޑައިކިން VRV A or X އިންވަރޓަރ އެންމެފަހުގެ، އެއަރކޮން ސިސްޓަމް އިންސްޓޯލްކޮށް ރަނިންގ ކޮންޑިޝަނަށް ގެނައުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މިކަމަށް ޝަޢުޤުވެރިވާ އެންމެހައި ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގައި ޕޯސްޓް ބިލްޑިންގ އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިމަސައްކަތާ ގުޅޭ ޓާރމްސް އޮފް ރިފަރަންސް "ޓީ.އޯ.އާރް" މިއިޢުލާނާއެކު ގެޒެޓްގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި ޕްރޮޖެކްޓަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އެހެނިހެން މައުލޫމާތު "ޓީ.އޯ.އާރް" ގައި ބަޔާންކުރެވިފައިވާނެއެވެ.
| 
 ޕްރީ-ބިޑް މީޓިންގ:  | 
|
| 
 ތާރީޚް:  | 
 20 ފެބުރުވަރީ 2025  | 
| 
 އެޑްރެސް/ތަން:  | 
 ޕޯސްޓް ބިލްޑިންގ 8ވަނަ ފަންގިފިލާ  | 
| 
 ގަޑި  | 
 10:00  | 
| 
 ބިޑް ޕްރޮޕޯރސަލް ހުށަހެޅުން:  | 
|
| 
 ތާރީޚް:  | 
 6 މާރިޗު 2025  | 
| 
 އެޑްރެސް/ތަން:  | 
 ޕޯސްޓް ބިލްޑިންގ 8ވަނަ ފަންގިފިލާ  | 
| 
 ގަޑި  | 
 11:00  | 
2- ޕްރޮޖެކްޓާއި ގުޅުންހުރި މުހިންމު މައުލޫމާތު:
- މި ބިޑަށް ޕްރޮޕޯސަލް ހުށަހެޅޭނީ ކަނޑައެޅިފައިވާ ވަގުތަށް ޕްރީ-ބިޑް މީޓިންގ އަށް ގަޑިއަށް ހާޒިރުވެ މައުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަންޏެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
 - ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރިޚާއި، ގަޑި، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
 - މިއިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 19 ފެބުރުވަރީ 2025 ވާ ބުދަ ދުވަހުގެ 13:00 ގެކުރިން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.
 - 3009292 – ޕްރޮކިއުމަންޓް ޔުނިޓް