ދިވެހިރާއްޖެ
(IUL)38-AC38/2025/65: ނަންބަރު
އިޢުލާން
2025 ފެބުރުވަރީ 08 ވީ ހޮނިހިރު ދުވަހު ނ. ފޮއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަނުގެ ރަސްމީ ނަތީޖާ މި ދަންނަވަނީއެވެ.
ދާއިރާ: ނ. ފޮއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރު
| ކ.ނަންބަރު | ނަން | ހައިޞިއްޔަތު | ލިބުނު ވޯޓު | އިންސައްތަ | 
| 1 | ޙައްވާ ޝަރަފިއްޔާ، ހަނދުވަރީގެ / ނ. ފޮއްދޫ | އެމް.ޑީ.ޕީ | 75 | 36.06% | 
| 2 | ޢާއިޝަތު އަމާނީ ޢަބްދުލްހާދީ، އަސުރުމާގެ / ނ. ފޮއްދޫ | ކޮންގްރެސް ޕާޓީ | 133 | 63.94% | 
| ޞައްޙަ ވޯޓު | 208 | |||
| ބާޠިލް ވޯޓު | 5 | |||
| ޖުމްލަ ވޯޓު | 213 | |||
| ޥޯޓު ދިނުމުގެ ޙައްޤު ލިބިގެންވާމީހުންގެ ޢަދަދު | 382 | |||
| ވޯޓުލީ މީހުންގެ ޢަދަދު | 213 | |||
| ވޯޓުލީ މީހުންގެ އިންސައްތަ | 55.76% | |||
ވީމާ، މި އިންތިޚާބުގެ ނަތީޖާގައިވާ ގޮތުން ނ. ފޮއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރު ކަމުގެ މަޤާމަށް ޤާނޫނީ ހަމަތަކުގެ މަތިން، އިންތިޚާބުވެފައިވާ ފަރާތް މި ދަންނަވަނީއެވެ.
ދާއިރާ: ނ. ފޮއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރު
| ކ.ނަންބަރު | ނަން | އެޑްރެސް | ހައިޞިއްޔަތު | 
| 2 | ޢާއިޝަތު އަމާނީ ޢަބްދުލްހާދީ | އަސުރުމާގެ / ނ. ފޮއްދޫ | ކޮންގްރެސް ޕާޓީ | 
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.