ޢާންމު މަޢުލޫމާތު
ނަންބަރު: C16C-B/2025/14
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 10:01
ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސާބިތު ޚަރަދަށް ފައިސާ ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު އާންމުކޮށް ޝާއިޢު ކުރުމާގުޅޭ
ޢާއިލާއާބެހޭ ގަވާއިދުގެ 55 ވަނަ މާއްދާގެ (ކ) ގެ (5) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ސާބިތު ޚަރަދަށް ފައިސާ ނުދައްކައިގެން ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި، އެ މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކޮށް، ސާބިތު ޚަރަދަށް ފައިސާ ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު، އާންމުކޮށް ޝާއިޢުކުރެވޭނެކަން އަންގާ އިޢުލާނުކުރަމެވެ.
އެގޮތުން މި މަޢުލޫމާތު މިކޯޓުގެ ވެބްސައިޓްގައާއި، ޓެލެގްރާމް ގުރޫޕް އަދި ވައިބާ ޗެނަލް ގައި ޝާއިޢުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
10 ފެބުރުވަރީ 2025